ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ..ހަމަޖެއްސި އާއިޝަތު ރިޒުނާ

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް ޢާއިޝަތު ރިޒުނާ ހަމަޖައްސަވައިފި

ޑިޕާޓްމަންޓް އޮފް ޖުޑީޝަން އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް މ.ބަނަފްސާވިލާ، އަލްއުސްތާޛާ ޢާއިޝަތު ރިޒުނާ މިއަދު ހަމަޖައްސަވައިފިއެވެ.

މީގެކުރިން އެ މަގާމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ، ޑރ. އަބްދުﷲ ނަޒީރުއެވެ.

އާ ޗީފް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހުޅުވާލާފައިވަނ މިދިޔަ އަހަރު ޑިސެމްބަރު މަހުއެވެ. މި މަޤާމަށް ހުޅުވާލީ އެ މާގާމުގައި ހުންނެވި ޑރ. އަބްދުﷲ ނަޒީރުގެ މަގާމު ގެއްލޭ ގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް ރައްޔިތުން މަޖިލީހުން ގެނައި އިސްލާހާ ގުޅިގެންނެވެ.

އާ ޗީޕް އެޑްމިނިސްޓްރޭޓަރއެއް ހަމަޖައްސާފައިމިވަނީ 5 އަހަރތު ދުވަހުގެ މުއްދަތަށެވެ. މި މަޤާމަށް އަސާސީ މުސާރައިގެ ގޮތުގައި 30،500 ރުފިޔާ ކަނޑައެޅިފައިވާއިރު، ލިވިންގ އެލެވަންސްއަށް 15،000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ. އަދި ފޯނު އެލެވެންސްގެ ގޮތުގައި މަހަކު 2،000 ރުފިޔާ ލިބޭނެ ކަމުގައި ޑީޖޭއޭ އިން ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ