ސްކައިރޮކްގެ "ކަޅު ސޮރު" ރިލީޒްކޮށްފި!

"ކަޅު ސޮރު" މި ލަވައަކީ، މީގެ އަހަރުތަކެއް ކުރި "ޒީރޯ ޑިގްރީ"ގެ ނާޝިދުގެ އަޑުން އިވިގެންދިޔަ ހިތްގައިމު ލަވައެކެވެ. އެތައް ބައެއްގެ މަޝްހޫރުކަން ހޯދި މި ލަވައިގެ ކަވާ ވާޝަންތަކެއް މީގެ ކުރިންވެސް އަޑުއިވިގެންގޮސްފައިވާއިރު، ސްކްރި ރޮކް ބޭންޑުންވެސް މިވަނީ މިލަވައިގެ ހިތްގައިމު ކަވާއެއް ބެލުންތެރިންނަށް ދޫކޮށްލައިފައެވެ.

ސްކައިރޮކްއިން ރޭ ރިލީޒްކުރި "ކަޅު ސޮރު" ގެ ކަވާ ވާޝަން ކިޔާފައިވަނީ، އެ ބޭންޑުގެ ލަވަ ކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދުއާއި، ނާޝިދުގެ އަންހެން ދަރިފުޅު ނިޝް ނާޝިދުއެވެ.

ދިވެހި މިއުޒިކަށް އިންގިލާބެއް ގެނައި މަޝްހޫރު ބޭންޑް ޒީރޯގެ ޑިގްރީގެ ހަނދާންތައް މި ލަވައިން އާކޮށްދީފައިވާއިރު، އެ ބޭންޑުގެ ހުރިހާ ލަވަތަކަކީވެސް، ފަނޑުވުމެއް ނެތި ދިވެހިންގެ ތަރުހީބު އަދިވެސް ލިބެމުން އަންނަ ލަވަތަކެކެވެ.

މި ލަވައިގެ ވީޑިއޯއާއެކު މި ލަވަ ބެލުންތެރިންނަށް ދޫކޮށްލާފައިވާއިރު، ލަވައިން ފެނިގެންދަނީ، ސްކައިރޮކް ބޭންޑްގެ މެންބަރުން ކަމުގައިވާ މީރާ (ވޯކަލްސް)، ޒަޔާން (ގިޓަރިސްޓު)، ފައްފު (ވޯކަލް/ގިޓަރިސްޓު). ހުސައިން (ކީ ބޯޑްސް)، އިނާން (ބޭސް)ގެ އިތުރުން ފައިޒާން (ޑްރަމްސް)އެވެ. އަދި މީގެ އިތުރުން ނިޝް ވެސް ވީޑިއޯއިން ފެނިގެންގޮސްފައިވެއެވެ.

ސްކައިރޮކް އިން ދާދިފަހަކުން ވަނީ، މެޒޯ މޯޑު މީގެ 11 އަހަރުކުރިން ގެނެސްދިން ހިތްގައިމު ލަވަ "އަކިރި ދެމޭ"ގެ އާ ކަވާ ވާޝަނެއްވެސް ރިލީޒްކޮށްފައެވެ.

ކޮވިޑް-19ގެ ހާލަތާއި ގުޅިގެން މި ލަވައިގެ ވީޑިއޯގެ މަންޒަރުތައް ނަގާފައިވަނީ، ކޮންމެ މެންބަރަކު ވަކިވަކިންނެވެ.

ސްކައިރޮކް ބޭންޑަކީ، މިހާރު ކުރިއަރަމުން އަންނަ މަޤުބޫލު ބޭންޑެކެވެ. އެގޮތުން މި ބޭންޑްގެ އަލްބަމެއް ނެރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވަނީ އިއުލާންކޮށްފައެވެ.

.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ