އެކްސްޕޯ 2015 ގެ ތެރެއިން - ފޮޓޯ: ސަން

އެކްސްޕޯ 2020: ރާއްޖޭގެ ޕެވިލިއަންގެ ކޮންސެޕްޓް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދަނީ

ކޮންމެ 5 އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ ވޯލްޑް އެކްސްޕޯއަށް ރާއްޖޭގެ ޕެވިލިއަންގެ ކޮންސެޕްޓް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާނުކޮށްފިއެވެ.

ވޯލްޑް އެކްސްޕޯގެ މި ފަހަރުގެ ހޮސްޓް ކަންޓްރީ އަކީ ޔުނައިޓަޑް އެރެބް އެމިރޭޓްސް އެވެ. މި އެކްސްޕޯ ގައި ބައިވެރިވުމަށް ޔުނައިޓަޑް އެރެބް އެމިރޭޓްސް އިން ދިވެހި ރާއްޖެއަށްވަނީ ދަޢުވަތު ދެއްވާފައެވެ. މި ދަޢުވަތު ދިވެހި ސަރުކާރުން ޤަބޫލުކުރައްވައި އެކްސްޕޯގައި ދިވެހިރާއްޖެއިން ބައިވެރިވާނެކަން ޔުނައިޓަޑް އެރެބް އެމިރޭޓްސްގެ ސަރުކާރަށް ވަނީ އަންގަވާފައެވެ.

"އެކްސްޕޯ 2020" ގައި ރާއްޖޭގެ ޕެވިލިއަން ގެ ކޮންސެޕްޓް ޑިޒައިންކުރާ ފަރާތެއް ހޯދުމަށް އިކޮނިމިކް މިނިސްޓްރީން މިހާރު ވަނީ އިޢުލާނުކޮށްފައެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2020 އޮކްޓޯބަރ 04 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ލެޓަރ އޮފް އެކްސްޕްރެޝަން އޮފް އިންޓަރެސް ހުށަހެޅުއްވުމަށް އެ މިނިސްޓްރީން ވަނީ ދަންނަވާފައެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ ދެންނެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުމަށްވެސް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

މިމަސައްކަތައް ބިޑް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހާޅާ ފަރާތްތަކަށެވެ. ބިޑް ޕްރޮޕޯސަލް ހުށަހަޅުއްވާނީ 2020 އޮކްޓޯބަރ 07 ވާ ބުދަ ދުވަހުގެ 12:30 އަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ބޮޑުތަކުރުފާނުމަގުގައި ހުންނަ އިމާރާތް) އަށް ށެވެ.

ވޯލްޑް އެކްސްޕޯ 2020 ކުރިން ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރު އޮކްޓޯބަރު މަހުއެވެ. ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން، އެކްސްޕޯ ވަނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހަށް ފަސްކޮށްފައެވެ. ހަމަސް ދުވަހުގެ މުއްދަތަށް ދެމިގެންދާ އެކްސްޕޯ މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ، 1 އޮކްޓޯބަރު 2021 އިން 31 މާރިޗް 2022 އަށް، ޔުނައިޓަޑް އެރެބް އެމިރޭޓްސްގެ ދުބާއީ ގައެވެ.

ވޯލްޑް އެކްސްޕޯ އެންމެ ފަހުން ބާއްވާފައި ވަނީ 2015 ވަނަ އަހަރު އިޓަލީގެ މިލާންގައެވެ. އެފަހަރު ބެއްވި "އެކްސްޕޯ މިލާނޯ 2015" ގައި ދިވެހިރާއްޖެއިން ވަނީ ބައިވެރިވެފައެވެ.

01 މެއި 2015 އިން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ފެއަރގައި ދުނިޔެގެ140 ޤައުމަކުން ވަނީ ބައިވެރިވެފައެވެ. އެފަހަރުގެ އެކްސްޕޯގައި ރާއްޖެގެ ސްޓޯލަށް ވަނީ ގިނަ ބަޔަކު ޒިޔާރާތް ކޯށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ