މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ 53

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ 53 ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހާމަކުރަމުން އެޗްޕިއޭއިން މިރޭ ބުނީ ރޭ 18:00 އިން މިރޭގެ 18:00 އަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ 53 ކަމަށާއި މިއާއެކު ޖުމްލަ މިބައްޔަށް ޕޮޒިޓިވުވި މީހުންގެ އަދަދު މިހާރު 10،098 އަރައިފައިވާ ކަމަށެވެ.

އަލަށް މިއަދު މިބައްޔަށް ޕޮޒިޓިވުވި މީހުންގެ ތެރޭ ހިމެނެނީ 42 ދިވެހިންނާ 11 ބިދޭސީންނެވެ. މީގެތެރެއިން 47 މީހަކު މާލެއިން ޕޮޒިޓިވުވެފައިވާއިރު އަތޮޅުތެރޭ ރައްތަކުން ޕޮޒިޓިވުވި މީހުންގެ އަދަދަކީ ހަޔެކެވެ.

ކޮވިޑް-19 އަށް މާލެއިން ޕޮޒިޓިވުވާ މީހުންގެ އަދަދު ކުރިއާ އަޅައި ބަލާއިރު މިހާރު ވަރަށް ބޮޑުތަން ކޮންޓުރޯލް ކުރެވިފައިވާއިރު މިބަލި ފެތުރުން އެކީއެކަށް ކޮންޓުރޯލް ކުރެވުނީ ކަމަށް ބަލައި މިހާރު އަޅައިފައިވާ ފިޔަވަޅުތަކަށް އަމަލު ކުރުމުގައި ފަރުވާ ކުޑަ ނުކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ރައްޔިތުންނަށް ނަސޭހަތްތެރިވަމުންނެވެ.

ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދާ35 މީހުން އަތޮޅުތެރޭގެ19 ރަށެއްގައި ތިބިއިރު ތިން ރަށެއްވަނީ މޮނިޓަރިންނަށް ލައިފައެވެ. މި ތިން ރަށަކީ ކުޅުދުއްފުށީ ސިޓީއާއި، ހދ. ނޮޅިވަރަމާއި، އަދި ގދ. ހޯޑެއްދޫއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ