އަލްހަމްދުލިﷲ، އިތުރު 93 މީހުން ރަނގަޅުވެއްޖެ

ކޮވިޑް-19 އިން އިތުރު 93 މީހުން ރަނގަޅުވެފައިވާކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން އެޗްޕީއޭ އިން ވިދާޅުވީ ރޭ 18:00 އިން މިރޭގެ 18:00 އަށް ކޮވިޑް-19 އިން 93 މީހުން ރަނގަޅުވެފައިވާ ކަމަށެވެ.

މިއާއެކު ޖުމްލަ މިބަލިން ރަނގަޅުވީ މީހުންގެ އަދަދު މިހާރު 8847 އަކަށް އަރައިފައިވާއިރު އެކްޓިވް ކޭސަސްގެ ގޮތުގައި މިބައްޔަށް ފަރުވާ ކުރަމުންދާ މީހުންގެ އަދަދަކީ 1210 އެވެ. އަދި މީގެތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާކުރަމުންދާ މީހުންގެ އަދަދަކީ 83 ކެވެ.

ކޮވިޑް-19 އިން މީހަކު ރަނގަޅުވީ ކަމަށް ބަލަނީ އެބައްޔަށް ޕޮޒިޓިވުވާތާ 14 ދުވަސްފަހުން ބަލީގެ އަލާމާތެއް ނުފެއްނަ ނަމައެވެ. އެޗްޕީއޭ އިން ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިންނާއި އަދި ކުރިއަރައިފައިވާ އެހެން ގައުމުތަކުންވެސް ބަލިން މީހާ ފަސޭހަވިކަމަށް ބަލާ އުސޫލަކީ މިއީ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ