އެމްޓީސީސީގެ ހިއްސާއަކަށް 2 ރުފިޔާ!

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމްޓީސީސީ)ގެ 2019 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ ބާއްވައިފިއެވެ.

މިއަދުގެ ވަގުތެއްގައި އެމްޓީސީސީގެ މި އަހަރީ ޢާންމު ޖަލްސާ ބާއްވާފައިވަނީ "ފަހިވޯޓު" މެދުވެރިކޮށެވެ. އަދި މި ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވީ 25 ޙިއްޞާދާރުންނެވެ. އަދި ޕްރޮކްސީ މެދުވެރިކޮށް 42 ޙިއްޞާދާރުން ތަމްޞީލްކުރެވުނެވެ. ޖަލްސާގައި މުޅިއެކު ތަމްޞީލްވީ 67 ޙިއްޞާދާރުން، އަދި 5,550,390 ހިއްސާއެވެ.

އެގޮތުން އެމްޓީސީސީގެ 2019 ވަނަ އަހަރަށް ހިއްސާގެ ފައިދާގެ ގޮތުގައި، ހިއްސާއަކަށް 2 ރުފިޔާ ބަހަން ވަނީ ފާސްކޮށްފައެވެ.

އެޖަލްސާގައި ހިއްސާއަކަށް 2 ރުފިޔާ ބަހަން ނިންމުުގެ އިތުރުން އެކުންފުނީގެ 2019 ވަނަ އަހަރުގެ އޮޑިޓް ކޮށްފައިވާ ބެލެންސް ޝީޓާއި، ފައިދާ އާއި ގެއްލުމުގެ ހިސާބާއި، ޑިރެކްޓަރުންގެ ރިޕޯޓް އަދި 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ވަނީ ފާސްކޮށްފައެވެެ. އަދި 2020 ވަނަ އަހަރަށް ކުންފުނީގެ އޮޑިޓަރުންގެ ގޮތުގައި ކުންފުނީގެ ހިއްސާދާރުން ޕްރައިސްވޯޓާ ހައުސް ކޫޕާސް ވަނީ ހޮވާފައެވެ.

މި ޖަލްސާގައި، ސަރުކާރުން އައްޔަން ކުރެއްވި ޑިރެކްޓަރުންގެ ނަންތައް އިޢުލާންކުރެއްވިއެވެ. ސަރުކާރުން އައްޔަން ކުރެއްވި ޑިރެކްޓަރުންނަކީ:
ހިޔާވަހި، ނ.ކުޑަފަރި، އަލްފާޟިލް މުޙައްމަދު ފަހީމް (ޗެއަރމަން)؛ މ. ސީނުކަރަންކާގެ، އަލްފާޟިލް އާދަމް އާޒިމް،(ޗީފް އެގްޒެކެޓިވް އޮފިސަރ)؛
އިހާ، ޅ.ހިންނަވަރު އަލްފާޟިލް ޝާހިދު ޙުސައިން މޫސާ (އެގްޒެކެޓިވް ޑިރެކްޓަރ): ރޭވަވިލާ، ފ. ފީއަލި، އަލްއުސްތާޛް މުޙައްމަދު ފަރީދު
(ނޮންއެގްޒެކެޓިވް ޑިރެކްޓަރގެ އަދި ދަފްތަރު ނަންބަރު ދރ 950، ކ.މާލެ، އަލްފާޟިލް ސިނާން ޢަލީ (ނޮންއެގްޒެކެޓިވް ޑިރެކްޓަރ) އެވެ.
އަދި، ޢާންމު ޙިއްޞާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ މަޤާމަށް ހެޕީނައިޓް، ގއ. ވިލިނގިލި، އަލްފާޟިލް ނަސްރަތު މުޙައްމަދު (ނާންއެގްޒެކެޓިވް
ޑިރެކްޓަރ) ވަނީ އައްޔަންކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ