ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީން ޔަންމާ އަދި ސުޒުކީ އިންޖީނާއި ރެސިންގެ އަގުތައް ހެޔޮކޮށްފި

"މާބޮޑަށްވެސް އަގުހެޔޮވެއްޖެ ކެންޕެއިން" ގެ ދަށުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ވިއްކާ ޔަންމާ، ސުޒުކީ އިންޖީނާއި ސްޓޮކްޑާޓާ ބްރޭންޑުގެ ރެސިންގެ އަގުތައް ހެޔޮކޮށްފިއެވެ.

އެމްޓީސީސީއިން ވިއްކާ ޔަންމާ އަދި ސުޒުކީ އިންޖީނުގެ އިތުރުން އޮޑިދޯނި ފަހަރުގައި ބޭނުންކުރާ ސްކޮޓް ބާޑާ ބްރޭންޑްގެ ރެސިނުގެ އަގުތަކަށް ހެޔޮބަދަލުތަކެއް ގެނެސްފައިވެއެވެ.

އެމްޓީސީސީ އިން ވިދާޅުވީ، މިބަދަލު ގެނެސްފައިވަނީ ސަރުކާރުން މެރިންއިންޖީނާއި މަސްވެރިކަމާއި ގުޅުންހުރި އުފެއްދުންތަކުން ޑިއުޓީ މާފުކުރުމާއި ގުޅިގެން މި ކުންފުނިން ވިއްކާ ބައެއް ތަކެއްޗަށް ހެޔޮބަދަލު ގެނައުމުގެ ގޮތުން ކަމަށެވެ.

މިބަދަލުގެ ދަށުން ސުޒުކީ އައުޓްބޯޑް އިންޖީނުތަކުން ބައިލައްކަ ރުފިޔާއާއި ހަމައަށް އަގު ހެޔޮވެގެންދާނެ ކަމަށާއި އަދި ޔަންމާ އިންބޯޑް އިންޖީނު ތަކުންވެސް ހަތްލައްކަ ރުފިޔާއާއި ހަމައަށް އަގުހެޔޮވެގެން ދާނެ ކަމަށް އެމްޓީސީސީ އިން ވިދާޅުވިއެވެ.

މީގެއިތުރުން މިދަނޑިވަޅުގައި ރައްޔިތުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން މިކުންފުނިން ވިއްކާ އިންޖީނު އިންސްޓޯލްމަންޓްއަށް ނަންގަވާއިރު ޑައުން ޕޭމަންޓް ވަނީ ކުޑަ ކުރެވިފައި ކަމަށާއި މިގޮތުން ސުޒުކީ އިންޖީނު ބަލައިގަންނަވާ ފަރާތްތަކަށް ޑައުންޕޭމެންޓުން 40 އިންސައްތަ އިން 20 އިންސައްތަ އަށް ދަށްކުރެވިފައިވާއިރު، ފައިސާ ދެއްކުން 12 މަހާއި ހަމައަށް ބަހާލެވޭނެ ކަމަށް ވިދާޅުވިއެވެ.

އެމްޓީސީސީ އިން އިތުރަށް ވިދާޅުވީ، ޔަންމާ އިންޖީނު ޑައުންޕޭންމެންޓް 35 އިންސައްތަ އިން 20 އިންސައްތަ އަށް ދަށްކުރެވިފައިވާއިރު، 36 މަހާއި ހަމައަށް ފައިސާ ދެއްކުން ބަހާލެވިގެންދާއިރު މިކެންޕެއިންގެ ދަށުން ޔަންމާ އަދި ސުޒުކީ އިންޖީންތަކުގެ އިތުރުން އޮޑިދޯނި ފަހަރުގައި ބޭނުންކުރާ ސްކޮޓް ބާޑާ ބްރޭންޑްގެ ރެސިންގެ އަގުތަކަށް ގެނެވިފައިވާ ބަދަލުގެ ތަފްސީލްތައް އެމްޓީސީސީ ކަށަވަރު ޝޯވރޫމަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން ލިބިލައްވާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ