މަސްވެރި ޒުވާނަކަށް އަނިޔާވެ އަވަސް ފަރުވާއަށް ގެންނަނީ

މަސްވެރިކަމަށް ނިކުމެ އުޅު ދޯންޏެއްގައި ހުރި ޒުވާނަކަށް އަވަސް ފަރުވާ ދިނުމަށް އޭނާ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވެފައި ވަނީ އަވަސް ފަރުވާއަށް ގެނައުމުގެ މަސައްކަތް ކުރަމުންދަނީ ހއ. ތުރާކުނު ހުޅަނގު އުތުރުން 32 ނޯޓިކަލް މެލުގެ ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "އަރާކުރި" ދޯނީގައި ހުރި އުމުރުން 32 އަހަރުގެ ޒުވާނެއްކަމަށެވެ. އޭނާ އަކީ އެ ދޯނީގެ ފަޅު ވެރިއެއް ކަމަށާއި އޭނާ އަށް އަނިޔާ ވެފައި ވަނީ އެ ދޯނި ތެރެއަށް ވެއްޓިގެން ކަމުގައިވެސް އެމްއެންޑީއެފް އިން ވިދާޅުވެފައި ވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައި ވަނީ މިއަދު މެންދުރު 1:31 އެހާކަންހާއިރު ކަމަށާއި އެމްއެންޑީއެފް ނޮދަން އޭރިޔާގެ ކޯސްޓްގާޑް ސޮކޮޑްއިން އެމީހާ ހއ. ހޯރަފުއްޓަށް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އެމީހާއަށް ލިބިފައިވަނީ ކޮންކަހަލަ އަނިޔާއެއް ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.

މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައި ބޮޑެތި އަނިޔާތައް މަދުން ނަމަވެސް ދަނީ ލިބެމުންނެވެ. އެގޮތުން މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައި ލޮލަށް ބުޅި ހެރިގެންވެސް ދާދި ފަހުން ވަނީ މީހަކަށް ފަރުވާ ދީފައެވެ.

މިލިޔުން ކިޔާލުމުން
214
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ