ކުމުންދޫ ނެރުމައްޗަށް ބަންޑުން ޖަހާލި ޑިންގީ: ފޮޓޯ ކުމުންދޫ ކައުންސިލް

ކުމުންދޫ ނެރުމައްޗަށް ޑިންގީއެއް ބަންޑުން ޖަހާލައިފި

ހދ. ކުމުންދޫ ނެރުމައްޗަށް ޑިންގީއެއް ބަންޑުންޖަހާލައިފިއެވެ.

ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާދިސާ ހިނގާފައިވަނި މިއަދު މެންދުރު ގާތްގަނޑަކަށް 2 ޖާހާކަން ހާއިރުކަމަށާއި ބަންޑުން ޖަހާލާފައިވަނީ އެ އަތޮޅު ނެއްލާދޫ ޑިންގީއެއް ކަމަށެވެ.

ބަންޑުން ޖަހާލިވަގުތު ޑިންގީގައިހުރީ ދުއްވަންހުރި މީހާ އެކަނިކަމަށާއި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އަމީން  ވިދާޅުވިއެވެ.

ކުމުންދޫ ނެރުމައްޗަށް ބަންޑުން ޖަހާލި ޑިންގީ: ފޮޓޯ ކުމުންދޫ ކައުންސިލް

މި ޑިންގީ ބަންޑުން ޖަހާލާާފައިވަނީ ކުމުންދޫއަށް ވަދެ މީހުން ބާލާފަ ނެއްލައިދޫއަށް ދާން ނުކުންނަނިކޮށް ނެގި ރާޅަކާ އެކު ކަންޑިންމަ މައްޗަށެވެ. މި ހާދިސާގައި ޑިންގީ ފަޅައިގެންގޮސް ޑިންގީއަށް ގެއްލުން ލިބިފައިވާއިރު އިންޖީނަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް މައުލޫމާތުލިބެއެވެ.

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ