ޕީޕީއެމް އިން ހުޅުމާލޭގައި ބޭއްވި ހިނހގާލުމެއްގެ ތެރެއިން - ފޮޓޯ: ވިސާމް

ޕީޕީއެމުން މޯލްޑިވިއަނަށް 3.8 މިލިއަން ރުފިޔާގެ ދަރަނި ދައްކައިފި

ގައުމީ އެއާލައިން މޯލްޑިވިއަން އަށް އިދިކޮޅު ޕީޕީއެމް އިން ދައްކަން ޖެހިފައި އޮތް 3.8 މިލިއަން ރުފިޔާގެ ދަރަނި އިއްޔެ އެޕާޓީ އިން އެއްކޮށް ދައްކައިފއެވެ.

މިދިޔަ އަހަރު އޮތް ރިޔާސީ އިންތިޚާބަށް އެޕާޓީ އިން ކުރި ދަތުރުތަކަށް މޯލްޑިވިއަން އަށް ދައްކަން ޖެހިފައި އޮތް ދަރަނި ޕީޕީއެމް އިން ދައްކާފައިވާކަން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ވަނީ ކަށަވަރު ކޮށްދީފައެވެ.

މޯލްޑިވިއަން އަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި ލަސްވީ އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމް އަށް ދޭން ޖެހޭ ފައިސާ ނުލިބިގެން ކަމަށް އެޕާޓީ އިން ކުރިން ވަނީ ބުނެފައެވެ.

މިއަހަރު ޕާޓީތަކަށް ދޫކުރަން ޖެހޭ ފައިސާ ވެސް ޕީޕީއެމް އަށް ދޫނުކުރަން އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ ނިންމިއެވެ. ނަމަވެސް މިހަފްތާގައި ވަނީ އެނިންމުން ބަދަލުކޮށް ހުރިހާ ޕާޓީ އަކަށް ވެސް ފައިސާ ދޫކުރަން ފިނޭންސް މިނިސްޓްރީ އަށް ފޮނުވާފައެވެ.

މިއަހަރުގެ ބަޖެޓުން ޕީޕީއެމް އަށް ދިނުމަށް ކަނޑައަޅާފައިވަނީ 9،377،167ރ (ނުވަ މިލިއަން ތިންލައްކަ ހަތްދިހަ ހަތްހާސް ސަތޭކަ ފަސްދޮޅަސް ހަތް ރުފިޔާ) އެވެ. އެ ޕާޓީއަށް ފައިސާ ދޫކުރާނީ ޖޫރިމަނާގެ ގޮތުގައި 95000ރ އުނިކުރުމަށްފަހުއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް