އުމަރު ނަސީރު | ފޮޓޯ: ސަން

އިންޑިއާގެ 3 އުޅަނދާއި 200 ސިފައިން ތިއްބަސް ބާލާނަން - އުމަރު

ދިވެހި ރާއްޖޭގައި އިންޑިއާގެ 3 އުޅަނދާއި 200 ސިފައިން ތިއްބަސް ބާލާނެކަމަށް ރާއްޖޭގެ ކުރީގެ ހޯމްމިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރުނަސީރު މިހެން ވިދާޅުވެފައިމިވަނީ 2016 ވަނަ އަހަރު އިންޑިއާއިން ރާއްޖެއަށް ދިނުމަށް އެއްބަސްވި ޑޯނިއާ މަތިންދާބޯޓު މިއަދު ރާއްޖެ ގެނައުމާއި ގުޅިގެންނެވެ.

"ހަދިޔާ އެއް ދޭން އައި މީހުން، 8 އަހަރުވީއިރު 3 އުޅަދާ 200 ސިފައިންނަށް ބަދަލުވީ. ކިތަންމެ ބައިވަރު ތިއްބަސް އިރާދަ ކުރެއްވިއްޔާ ބާލާނަން." އުމަރު ވިދާޅުވިއެވެ.

ބެލެވޭގޮތުގައި އުމަރު މިހެން ވިދާޅުވެ އިޝާރާތް ކުރައްވާފައިވަނީ މީގެ ކުރިން އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރާއި އެ ދެ ހެލިކޮޕްޓަރު އޮޕަރޭޓުކޮށް މެއިންޓެއިން ކުރުމަށް ތިބޭ ސިފައިންނަށެވެ.

މިކަމާއިގުޅިގެން އުމަރު އިތުރަށް ވިދާޅުވީ މިއަދަކީ އަނެއްކާ ކަޅު ދުވަހެއްކަމަށާއި މި ނުރައްކަލުގެ ވާހަކަ އަޅުގަޑުމެން ދައްކަން ފެށިއިރު މިކަން ޤަބޫލު ނުކޮށް ތިއްބެވި ބޭފުޅުންނަށް މިވަމުންދާ ގޮތް އިޙުސާސް ކުރެއްވޭނެ ކަމަށް ހީކުރާކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވެފައި ވަނީ މިމަތިންދާބޯޓު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބެލުމުގެ ދަށުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި، ދިވެހިރާއްޖޭގެ މަސްކަނޑުތަކުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަންކުރާ ފަރާތްތައް މޮނިޓަރކުރުމަށާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން ކުރެވޭ ޑްރަގްސްއާއި މަނާ އެހެނިހެން ތަކެތީގެ ވިޔަފާރިއާއި އިންސާނީ ވަގުފާރި ހުއްޓުވުމަށް ކަމަށެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ