މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ 37

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ 37 ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރަމުން އެޗްޕީއޭ އިން ވިދާޅުވީ ރޭ 18:00 އިން މިރޭގެ 18:00 އަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވުވި މީހުންގެ އަދަދަކީ37 ކަމަށާއި މިއާއެކު ޖުމްލަ ޕޮޒިޓިވުވި މީހުންގެ އަދަދު 10،194 އަރައިފައިވާ ކަމަށެވެ.

އަލަށް މިއަދު މިބައްޔަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ 31 ދިވެހިންނާ، ހަ ބިދޭސީންނެވެ. އަދި މީގެތެރެއިން 34 މީހުން މާލެއިން ޕޮޒިޓިވުވިއިރު ތިންމީހަކުވަނީ އަތޮޅުތެރޭ ރައްތަކުން ޕޮޒިޓިވުވެފައެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުނުތާ މިއަދަށް 206 ދުވަސްވެފައިވާއިރު މިމަހުގެ މަދު ދުވަސްތަކެއް ފިޔަވައި ހުރިހާ ދުވަހަކުވެސް މިބައްޔަށް ދުވާލެއްގެ މައްޗަށް ޕޮޒިޓިވުވި މީހުންގެ އަދަދު އުޅެނީ 100 އިން ދަށުގައެވެ.

އެޗްޕީއޭ އިން ބުނެފައިވަނީ މިބައްޔަށް ޕޮޒިޓިވުވާ އަދަދު ދައްވެފައި ވީނަމަވެސް އަދި މިބަލި ރާއްޖޭގައި ކޮންޓުރޯލް ކުރެވިފައި ނުވާކަމަށާއި ބަލީގެ ހާލަތު ގޯސްވެ ނުދިނުމަށް އެފަރާތުން އަޅައިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެންމެހާ ބޭފުޅުން ތަބާވެ އަމަލުކުރުން ވަރަށް މުހިންމު ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ