ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގަނީ

ކޮވިޑް-19 އިން ރަނގަޅުވި މީހުންގެ އަދަދު 9،000 މައްޗަށް

ރާއްޖޭގައި ކޮވިޑް-19 އިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 9،000 މައްޗަށް އަރައިފިއެވެ.

ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރުމުން މިރޭ ބުނެފައިވަނީ ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ކޮވިޑް-19 އިން 87 މީހުން ރަނގަޅުވެ ޖުމްލަ ރަނގަޅުވީ މީހުންގެ އަދަދު 9،037 އަރައިފައިވާ ކަމަށެވެ.

ކޮވިޑް-19 އިން ރަނގަޅުވީ މީހުންގެ އަދަދު 9،000 މައްޗަށް އަރައިފައިވާއިރު މިވަގުތު މިބައްޔަށް ރާއްޖެއިން ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދަކީ 1،116 އެވެ. މީގެތެރެއިން 80 މީހުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ.

ކޮވިޑް-19ގެ މިއަދުގެ އެހެނިހެން ތަފްސީލް ތަކަށް ބަލާއިރު ޖުމްލަ 1،427 ސާމްޕަލް ކޮވިޑް-19 އަށް މިއަދު ޓެސްޓު ކޮށްފައިވެއެވެ. މީގެތެރެއިން 1،390 ސާމްޕަލް ނެގެޓިން ވެފައިވާއިރު ޕޮޒިޓިވުވި ސާމްޕަލްގެ އަދަދަކީ 37 އެވެ.

ކޮވިޑް-19 އިން ބަލިމީހަކު ރަނގަޅުވި ކަމަށް ބަލަނީ ކޮވިޑް-19 އަށް ޕޮޒިޓިވުވާތާ 14 ދުވަސްފަހުން ބަލީގެ އަލާމާތެއް ނެއްނަމައެވެ. އެޗްޕީއޭ އިން ވިދާޅުވީ މި މިންގަނޑަކީ ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިންނާއި އަދި އެހެނިހެން ގައުމުތަކުންވެސް ބަލިން ފަސޭހަވާ މީހުން ކަނޑައެޅުމުގައި މިހާރު ބަލާ މިންގަނޑު ކަމަށެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ