ނޭޗަރސްކޭޕްގެ އައިޝް ޑިޒައިން ކޮށްފައިވާ ޓޭންކެއް - ފޮޓޯ: ނޭޗަރސްކޭޕް

"ނޭޗަރސްކޭޕުން" އެކުއޭރިއަމް ޕްލާންޓްސްގެ މާކެޓަށް އިންޤިލާބެއް!

ނަވާރަސަތޭކައިގެ މެދުތެރޭން ފެށިގެން ދުނިޔޭގައި އެކުއަރސްކޭޕިންގެ މަސައްކަތް ޕްރޮފެޝަނަލްކޮށް ކުރަމުން އައި ނަމަވެސް، ހިތްގައިމު ތިމާވެއްޓެއް ލިބިފައިވާ ދިވެހިރާއްޖޭގައި މިކަން ޢާއްމުވިތާ އަދި މާ ގިނަ އަހަރުތަކެއް ނުވެއެވެ. މިކަމަށް އިންތިހާއަށް ޝައުގުވެރިކަންހުރި މަދު މީހަކު މީގެ އަހަރުތަކެއް ކުރީންސުރެ މިކަމުން ހިތްހަމަޖެހުން ލިބިގަންނަމުން އައިނަމަވެސް، ގިނަ ބަޔަކު މިކަމުގެ ތެރެއަށްވަދެ، ދިވެހީންގެ ގޯތި ގެދޮރާއި އޮފީސްތަކުން މިބާވަތުގެ ޓޭންކްތައް ޖާގަ ހޯދަންފެށީ ދާދި ފަހަކުންނެވެ.

އުއްމީދީ 2020 އާއި ދިވެހީންވެސް ކުރިމަތިލީ އެތައް ފޮނި އުއްމީދާއި އަލިގަދަ ތަސައްވަރުތަކަކާ އެކުމެއެވެ. ނަމަވެސް ކުއްލިއަކަށް ދުނިޔެ ބަނަކޮށްލި "ކޮވިޑް-19" އާއެކު ދިވެހީން މިވަނީ ކުރުގޮތަކަށް ބުނާނަމަ "ގޭބަންދު" ވެފައެވެ. ބޭރަށް ނިކުމެ ގުރުރަތީ ވެށި ދެކިލުމުގެ ފުރުޞަތު ފުރަ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ތިން މަސްދުވަހަށްފަހު ލިބުނު ނަމަވެސް ނުރައްކަލުގެ ރަނގަބީލުގެ އަޑަށް ސިހި، ދިވެހީން އަދިވެސް ތިބީ ކޮންކްރީޓް ފާރުތަކުގެ ތެރޭ ތާށިވެފައެވެ. މި ދުވަސްވަރު ގިނަ ދިވެހީން މިސްރާބުޖެހީ އެކުއަސްކޭޕިންގއާއި ގޭގައި ގަސް ހެއްދުމާއި ދިމާއަށެވެ.

ކިތަންމު ހިތްގައިމު ނަމަވެސް އަލަށް މިކަމުގެ ތެރެއަށް ވަންނަ ފަރާތްތަކަށް މިކަމަކީ ގޮންޖެހުންތައް ނުހަނު ބޮޑު މަސައްކަތެކެވެ. ރީތި ގަސް އިންދާފައި ހުންނަ މަސްޓޭންކެއް ތައްޔާރުކުރަން ބޭނުންވިޔަސް ކަމުގެ ތަޖުރިބާކާރުންގެ އެހީއާއި ނުލައި މިކަން ކުރުމަކީ ދަތިކަމެއްކަން މިކަމުގެ ތަޖުރިބާ ކޮށްފައިވާ އެންމެހާ ފަރާތްތަކުންވެސް އެއްބަސްވާނެއެވެ. ހުދު އަޅުގަނޑުވެސް މިކަމުގެ ހުރި ދަތިތައް ތަޖުރިބާ ކޮށްފީމުއެވެ. އެހެންކަމުން "އެކުއަސްކޭޕިން" އަށް އަލަށް ވަންނަ ފަރާތްތަކަށާއި މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެހީތެރިކަން އިންތިހާއަށް ބޭނުންވާނެކަމީ ހަޤީޤަތެވެ.

އެކުއަސްކޭޕިންއަށް ބޭނުންވާ ސާމާނާއި ގަސްގަހާގެއްސާއި މަސް ވިއްކާ އެތައް ފިހާރަޔަކާއި، އޮންލައިން ވިޔިފާރިވެރިން މާލޭގައި ތިބިނަމަވެސް މީގެ ތެރެއިންވެސް ފާހަގަކޮށްލެވޭ އެއް ފަރާތަކ،ީ މަސްޓޭންކްގައި ހައްދާ ބާވަތުގެ ގަސް، އޮންލައިންކޮށް ވިއްކާ "ނޭޗަރސްކޭޕް" އެވެ. މަސް ޓޭންކް ގެންގުޅޭ ފަރާތްތަކާއި ވަކިން ހާއްޞަކޮށް އެކުއަސްކޭޕިންއަށް ޝައުގުވެރިވާ ފަރާތްތަކަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ މަޤްޞަދުގައި ދާއިރާއަށް ނިކުތް "ނޭޗަރސްކޭޕް" އިން މިވަނީ، ލިބިހުރި އިލްމާއި ތަޖުރިބާ ކަސްޓަމަރުންނާ ހިއްސާކޮށް އެތައް ބައެއްގެ ލޯތްބާއި އިތުބާރު ހޯދަން ފަށާފައެވެ.

ގަހެއް ވިއްކާލުމުން ނިމުނީ ނޫންކަން ދަނެގެން ދާއިރާއަށް ޚިދުމަތް ކުރަމުންދާ މި ޒުވާން ވިޔަފާރިވެރިންގެ ތަފާތު ކަންކަމުގެ ތެރޭންވެސް ފާހަގަކޮށްލެވޭ އަނެއް ކަމަކީ، ނޭޗާސްކޭޕުން ވިއްކާ ކޮންމެ ގަހެއްގެ "ކެއަރ ޕްލޭން" ހިއްސާކުރާކަމެވެ. އެގަހަކާ ގުޅޭ މުހިންމު ހުރިހާ މަޢުލޫމާތަކާއި، އެ ގަސް ހައްދާ ބަލަހައްޓާނެ ގޮތް ތަފްސީލުކޮށް ހިއްސާކުރެއެވެ.

މި ބާވަތްތަކުގެ ފެންވަރު ރަނގަޅު ގަސް ހޯދުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. އެއަށްވުރެވެސް ދަތި ކަމަކީ ފެންވަރު ރަނގަޅު އެކުއޭރިއަމް ޕްލާންޓްސް އަތްފޯރާ އަގެއްގައި ހޯދުމެވެ. ހެޔޮ އަގުގައި ލިބޭ ކޮންމެ ޕްލާންޓެއް ގިނަ ދިވެހީންނަށް ކަމު ނުދަނީ އެގަސްތަކުގެ ފެންވަރާއި، ގަހުގެ ޞިއްޙަތު ދެރަވެފައި، ޕޯޝަން ސައިޒް ކުޑަވީމައެވެ. ނަމަވެސް މިފަދަ ހުރިހާ ކަންބޮޑުވުމަކަށް ހައްލު ހޯދައިދީ ފެންވަރުގެ ގަސް، އެކަށީގެންވާ ހެޔޮ އަގުގައި ދިވެހީންނާ ހަމައަށް ފޯރުކޮށްދިނުމުގައި "ނޭޗާސްކޭޕް" ޓީމުން އަދު ތިބީ ތިޔަ ފަރާތްތަކުގެ ޙިދުމަތުގައެވެ.

ރޮޓާލާ، އަނޫބިއަސް، އެކިނޯޑޯރަސް، ޖާވާ ފާން، ކްރިޕްޓޮކޮރައިން، ކާޕެޓިންގ ޕްލާންޓްސް، ކިއުބާ، މޮންޓެކާލޯ، ބޫސްގެ ވައްތަރުތަކާއި އަދި އަލްޓަނަންތެރާއާއި އަދި މޮސްގެ ވައްތަރުތަކުގެ އިތުރުން ނަން މަޝްހޫރު ހިތްގައިމު ގިނަ ބާވަތްތަކުގެ އެކުއޭރިއަމް ޕްލާންޓްސް "ނޭޗަރސްކޭޕް" އިން ވިއްކަމުންދަނީ ގަހުގެ ފެންވަރާއި ސައިޒާ އަޅާބަލާއިރު އެކަށީގެންވާ ހެޔޮ އަގުތަކެއްގައެވެ.

އެކުއާސްކޭޕިންގެ ދާއިރާއަށް އަލަށް ވަދެ ކުރިއަށްދާން އިތުރު އެހީ ބޭނުންވާ ފަރާތްތަކާއި، މިކަމަށް ޝައުގުވެރިވެ ފެންވަރުގެ ޓޭންކެއް އެކަށީގެންވާ އަގެއްގައި ތައްޔާރުކުރާނެ ގޮތުގެ މަޢުލޫމާތާއި، އެކަމަށް އެންމެ އެކަށީގެންވާ ގަސް ބޭނުންވާ ފަރާތްތަކުން "ނޭޗަރސްކޭޕް" ގެ ނަންބަރު 7389339 އަށް ގުޅުއްވައިގެން ކުރިއަށް ވަޑައިގަތުމުގެ ދޮރު މިވަނީ ފަހިކޮށް ހުޅުވާލެވިފައެވެ.

މިލިޔުން ކިޔާލުމުން
591
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Boiling shamman

    Vaanuvaa neyngey iru beykaaru vashaka nudhakka

    1
    12
    • ޗަކޯ

      ކަންކަން ކުރެވޭވަރުގެ ޒަމާނީ ޤާބިލު މީހުން ކަންކަން ކުރަން ނިކުތީމަ ދަންނަ ނުދަންނަ ރޯނުއެދުރުން ވަރަށް މޭކަރާނެ. އިތުރަށް އުނގެނި، ތިމާމީހާގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޮއިލިންގް ރޯނުއެދުރަށް ނަސޭހަތްތެރިވަން.

      9
      2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ