އައްޑޫ ލިންކް ރޯޑް - ފޮޓޯ: ދަ ޓުއަރިސްޓް ޕްލޭސް

ކޮވިޑް-19: އައްޑޫން ނެގި 272 ސާމްޕަލް ނެގެޓިވް

އައްޑޫގައި ކޮވިޑް-19 ގެ ސަވައިލަންސް ސާމްޕަލްގެ ދަށުން ނެގި 272 ސާމްޕަލް ނެގެޓިވް ވެއްޖެއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން މި ނޫހަށް ވަނީ މިކަން ކަށަވަރު ކޮށްދެއްވާފައެވެ.

އައްޑޫގައި ކޮވިޑް-19 ގެ ސަވައިލަންސް ސާމްޕަލް ނަގާފައިވަނީ މި މަހުގެ 26 އަދި 27 ވަނަ ދުވަހުއެވެ.

އައްޑުއިން މިހާތަކަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ މާލެއިން ގޮސް ހޯމް ކަރަންޓީނުގައި ހުރި ފަރާތްތަކާއި އެފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ފަރާތްތަކެވެ.

އަތޮޅުތެރޭގެ 23 ރަށެއްގައި ކޮވިޑް-19ގެ އެކްޓިވް 35 ކޭސް އެބަހުރި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރަމުން އެޗްޕީއޭ އިން ވިދާޅުވީ، 23 ރަށެއްގައި 35 އެކްޓިވް ކޭސް އެބަހުރި ކަމަށާއި، 23 ރިސޯޓަކުން 11 ފަތުރުވެރިންނާއި 20 މުވައްޒަފުން މިބައްޔަށް ފަރުވާ ހޯދަމުންދާ ކަމަށެވެ.

އެޗްޕީއޭއިން ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރަމުން ރޭ ބުނެފައިވަނީ، ރޭ 18:00 އިން މިރޭގެ 18:00 އިތުރު 37 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާ ކަމަށެވެ. މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ޖުމްލަ 10،194 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި 34 ފަރާތެއްވަނީ މިބަލީގައި ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ