އައްޑޫގައި އިންޑިއާ އިން ގާއިމް ކުރަމުންދާ ޕޮލިސް އެކަޑަމީ - ފޮޓޯ: ސަން

ކޮވިޑް-19: ޕޮލިސް އެކެޑެމީ އިމާރާތްކުރުމަށް އިންޑިޔާ އިން އައި ގިނަ ބަޔަކު ޕޮޒިޓިވްވެއްޖެ

އައްޑޫގައި އިމާރާތް ކުރަމުން އަންނަ ފުލުހުންގެ އެކެޑެމީގެ މަސައްކަތަށް މިމަހުގެ އިންޑިޔާގެ ކޮޗިން އިން އައި 128 މީހުންގެ ތެރެއިން ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރ ޝަރަފު ސާދާތު "އައްޑޫ ލައިވް"އަށް މައުލޫމާތުދެމުން ވިދާޅުވީ، މިއަދު މެންދުރު 14:00 ގެ ފަހުން ޕޮސިޓިވްވި މީހުންގެ ސީދާ އަދަދު ލިބޭނެ ކަމަށެވެ.

ކޮވިޑް-19 އަށް ފައްސިވި މީހުންނަކީ އިންޑިއާ އިން ރާއްޖެ އައިސް އައްޑޫ ސިޓީ ގަމުގައި ހުންނަ ދޫގަސް ކަރަންޓީން ފެސިލިޓީގައި ކަރަންޓީން ވެގެން ތިބި މީހުންނެވެ. ކަރަންޓީނުގެ މުއްދަތު ހަމަވުމުން މިމީހުންގެ ކޮވިޑަށް ޓެސްޓުކުރުމަށް ސާމްޕަލް ނެގީ އިއްޔެއެވެ.

އައްޑޫގައި ކޮވިޑް-19 ގެ ސަވައިލަންސް ސާމްޕަލްގެ ދަށުން ނެގި 272 ސާމްޕަލް މިއަދު ވަނީ ނެގެޓިވް ވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ