އަލްހާން ފަހުމީ ޕީޕީއެމްގެ ރިޔާސީ ކެމްޕއިންގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ | ފޮޓޯ : އަވަސް

ޕާޓީތައް ވާރުތަ މުދަލަށް ހަދައިގެން އުޅުން ނިމުމަކަށް ގެންނަނަންޖެހޭ: އަލްހާން

މިރާއްޖެގެ ޑިމޮކްރަސީގައި ވަކި ބަޔަކު ޕާޓީތައް މިލްކުކޮށް، ވާރުތަ މުދަލަށް ހަދައިގެން އުޅުން ނިމުމަކަށް ގެންނަނަންޖެހޭކަމަށް މޭލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އަދި އެމްޑީޕީގެ ކުރީގެ ނައިބު ރައީސްކަން ކުރެއްވި އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިފަދައިން ވިދާޅުވެފައިވާއިރު، ސިޔާސީ ޕާޓީތަކާބެހޭ ޤާނޫނަށް އިލެކްޝަންސް ކޮމިޝަނުން ގެނައުމަށް ހުށަހަޅާ އިސްލާހުތަކެއް އެ ކޮމިޝަނުން ވަނީ އެކުލަވާލާފައެވެ.

ރައްޔަތުންގެ ފައިސާގައި ޕާޓީތަށް ހިންގާނަމަ ޕާޓީތަކުން ކުރާކަންކަމަށް ފިޔަވަޅު އަޅަންޖެހޭ ކަމަށާއި ޕާޓީތަކަށް ވެސް ޤާނޫނުގެ އިންތަކެއް އޮންނަންޖެހޭ ކަމަށާއއި އަދި  ދައުލަތުގެ ހުރިހާ މުވައްސަސާއަކަށް އޮންނަ އުސޫލު ސިޔާސީ ޕާޓީ ތަކަށްވެސް އޮންނާންޖެހޭ ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަވެސް މިއަދު ވަނީ ޓްވީޓްކުރައްވާފައެވެ.

ސިޔާސީ ޕާޓީތަކާބެހޭ ޤާނޫނަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ޕާޓީތައް ސަސްޕެންޑު ކުރެވޭ ގޮތް ހެދުން ހިމެނެއެވެ. މިހާރު ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީތައް ސަސްޕެންޑް ނުކުރެވެ އެވެ. ގާނޫނަށް އަމަލު ނުކުރުމުން އެޅޭ ފިޔަވަޅެއްގެ ގޮތުގައި އޮންނަނީ، ޖޫރިމަނާ ކުރުމާއި ޕާޓީ އުވާލުމެވެ.

ހަމައެއާއެކު ސިޔާސީ ޕާޓީތަކުގެ ލީޑާޝިޕްގައި 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުުރުމަށާއި ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގައި ޕާޓީތަކަށް އިންތިހާބުތަކުގައި ލިބޭ ވޯޓުގެ އަދަދަށް ބަލައި، ޕާޓީތަކަށް ފައިސާ ދިނުމަށްވެސް ޑްރާފްޓްގައި ހިމަނާފައިވެއެވެ.

އޭގެ އިތުރުން ޕާޓީތަކުން އެ ފައިސާ ހަރަދުކުރާ ގޮތް ބެލުމުގެ ގާނޫނީ ބާރުވެރިކަން ދިނުމަށްވެސް ޑްރާފްޓްގައި ހިމަނާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ