ފޮޓޯ: ރާއްޖެ އެމްވީ

ލާމު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ޢަލީ ޝަރީފުގެ ސްލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމަވައިފި

ލ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަލީ ޝަރީފުއާ ބެހޭގޮތުން ތަޙްޤީޤުކުރި ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިއްމަވައިފިއެވެ.

ޢަލީ ޝަރީފާގެ ސްލޫކީ މައްސަލައެއް ޖޭއެސްސީއިން މިދިޔަ ފެބްރުއަރީ މަހު ވަނީ ބަލަން ނިންމައިފިއެވެ.

ޖޭއެސްސީއިން ވިދާޅުވީ، ލ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ ޝަރީފާ ބެހޭގޮތުން ކޮމިޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ލިބިފައިވާ ލިޔެކިޔުންތައް ކޮމިޝަނުން ދިރާސާކުރުމުގެ ތެރޭގައި، އަލްއުސްތާޛު ޢަލީ ޝަރީފުގެ ސުލޫކަށް އަސަރުކުރާފަދަ ކަމެއް ފާހަގަވެފައިވާކަމަށެވެ.

އެކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ޑީޝަލް ސަރވިސް ކޮމިޝަނުން އިސްނަގައިން 05 ފެބްރުއަރީ 2020 ވަނަ ދުވަހު ތަޙްޤީޤުކުރުމަށް ނިންމާފައިވާ ނ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ ޝަރީފް، އަމިއްލަ މަސްލަހަތު ފުށުއަރާ ޤަޟިއްޔާއެއް ހިންގުމުގައި ބައިވެރިވިކަމަށް ބުނާ މައްސަލަ ތަޙްޤީޤުކުރެވި އެމައްސަލަ ސާބިތުނުވާކަމަށް 13 ސެޕްޓެމްބަރު 2020 ވަނަ ދުވަހު ބޭއްވި މިކޮމިޝަންގެ މިއަހަރުގެ 66 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައިކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ