މީޑިއާ ކައުންސިލަށް މީޑިއާ އޮފިސަރަކު ހޯދަނީ

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މީޑިއާ އޮފިސަރުގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މީޑިއާ ކައުންސިލުން ވިދާޅުވީ މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 11 އޮކްޓޯބަރ 2020 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ މީޑިއާ ކޮމިއުނިކޭޝަން/ މީޑިއާ/ ޖާނަލިޒަމް/ މީޑިއާ ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވާ ބޭފުޅަކަށް ވާންޖެހެއެވެ.

މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން ވަޒީފާއަށްއެދޭ ފޯމާއި ލިޔުންތައް ހުށަހަޅަންޖެހޭނީ މޯލްޑިވްސް މީޑިއާ ކައުންސިލަށެވެ. ނުވަތަ އެ ކައުންސިލްގެ އީމެއިލް އެޑްރެސް [email protected] މެދުވެރިކޮށްވެސް ފޯމް ބަލައިގަނެވޭނެ ކަމަށް މީޑިއާ ކައުންސިލުން ވިދާޅުވިއެވެ.

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެކަމަށާއި މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިޙާން އޮންނާނީ، މި ފެށޭ އޮކްޓޯބަރ މަހުގެ 19 އިން 22 އާއި ދެމެދު، މޯލްޑިވްސް މީޑިއާ ކައުންސިލްގައި ކަމަށް އެކައުންސިލުން ވިދާޅުވިއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ