ސަމާލުވޭ! ކަނޑުތައް ގަދަވެފައި 45 މޭލަށް ވައިގަދަވާނެ - މެޓް

ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް، މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސް ކުރައްވައިފިއެވެ.

މެޓް އޮފީހުން ދާދި ދެންމެ ވިދާޅުވީ، ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ ކުރިއަށް އޮތް 48 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

"ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކުރެވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން ވިދާޅުވީ، ހުޅަނގުދެކުނާއި، ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި އާއްމުގޮތެއްގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރުމިނަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް އާއްމުގޮތެއްގައި ގަދަވާނެ ކަމަށާއި، އެހެންކަމުން އާއްމުކޮށް ހުރިހާ ފަރާތްތަކުން އަދި ވަކިން ޚާއްޞަކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ