adam shareef

އިންޑިއާއިން ބޭނުން ގޮތަކަށް ރާއްޖޭގައި ކަންތައް ކުރުމުގެ ފުރުސަތު އޮތީ ފަހިކޮށްދީފައި: އާދަމް ޝަރީފް

އިންޑިއާއިން ބޭނުން ގޮތަކަށް ރާއްޖޭގައި ކަންތައް ކުރުމުގެ ފުރުސަތު އޮތީ ފަހިކޮށްދީފައި ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ދިކޮޅު ކޯލިޝަނުން މިއަދު ކުރިއަށްގެންދިޔަ ޖަލްސާގައި އާދަމް ޝަރީފް ވާހަކަދައްކަވަމުން ވިދާޅުވީ، މިއަދު ސަރުކާރުގައި ތިއްބެވި ބެފުޅުންނަށް މި ގައުމުގެ ސިޔާދަތު ގެެއްލިގެން ދިޔަކަމަށްވިޔަސް ހެޔޮކަމަށް އިންޑިއާއިން ބުނީމަ އިންޑިއާއިން ބޭނުންހާ ގޮތަކަށް ރާއްޖޭގައި ކަންތައްތައް ކުރުމުގެ ފުރުސަތު މިއޮތީ ފަހިކޮށްދީފައި ކަމަށެވެ.

"ވެލަނާ އިންޓަނޭޝަނަލް އެއާޕޯތް ޖީއެމްއާރަށް ދޫކޮށްލީމައި އެކަމުން ސަލާމަތްވުމަށްޓަކައި އަޅުގަނޑުމެންނަށް ވާން ޖެހުނު ގުރުބާނީ ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މިއަދި މި ސަރުކާރަށް ނޭނގުނު ދެން ހަނިމާދޫ އަޅުގަނޑުމެނަށް ހޯދުމަށްޓަކައި ވާން ޖެހޭނީ ކިހާވަރެއްގެ ގުރުބާނީއެއް ކަމެއް." އާދަމް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާދަތު މިހާވަރަށް ގެންލިގެންދިޔައިރު މާދަމާ އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެން ދައްކަނީ ކޮން މޫނެއްތޯ އަޅުގަނޑުމެން މިއަދު ވިސްނާލަންޖެހޭ ކަމަށާއި ިންޑިއާގެ އަޅުވެތިކަމުގެ ދަށަން ހިނގައިދާނެ ކަމުގެ ބިރު މިއަދު މިއޮތީ އަޅުގަނޑުމެނަށް އިންތިހާއަށް ކުރިމަތިވެފައި ކަން ތަކުރާރުކޮސް ދަންނަވާލަން ބޭނުންވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ރާއްޖޭގެ ވެރިކަން ހިންގުމުގެ ބާރު ހަމަ އެއްކޮށް ދިވެހިންގެ އަތުން ގެއްލި އަޅުގަނޑުމެންްގެ ސިޔާދަތު މިއަދު ގެއްލިގެން ހިނގައްޖެކަން މިއަދު ބޯކޮޅަށް ޖަހައިގެން ހުރި ކޮންމެ މީހަކަށް މިއަދު އިނގޭ ވަރަށް ރާއްޖޭގެ ހާލަތު ނުރައްކަ ހިސާބަކަށް މިއޮތީ ގޮސްފައި" އާދަމް ޝަރީފް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ