adam shareef

ރާއްޖޭގެ ކެބިނެޓްގައި ބޭރު މީހުން ތިބުމުގެ ފުރުސަތު އޮތީ ފަހިވެފައި: އާދަމް ޝަރީފް

ދިވެހިރާއްޖެގެ ކެބިނެޓްގައި ބޭރު މީހުން ތިބުމުގެ ފުރުސަތު އޮތީ ފަހިވެފައި ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ކުރިއަށްގެންދިޔަ ޖަލްސާގައި އާދަމް ޝަރީފް ވާހަކަދައްކަވަމުން ވިދާޅުވީ، ރާއްޖެގައި މިއަދު މިއޮތް ސުލްހަވެރިކަމާ، އުފާވެރިކަމާ، ހިތްހަމަޖެހުމާއި، ކުލުނާއި އަދި އެކަކު އަނެކަކަށް ގުޅިގެން މިއުޅޭ އުޅުން ބިނާވެފައި މިއޮތީ އަޅުގަނޑުމެންގެ ތެރޭގައި އޮތް އެއްބައިވަންތަކަމާއި އެއް ދީނެއް އަޅުގަނޑުމެންގެ ތެރޭގައި އޮތުމާއި އެއް ސަގާފަތެއް އަޅުގަނޑުމެން ހިއްސާ ކުރުމާއި އަދި އަޅުގަނޑުމެންނަކީ އެއް ބަހަކުން ވާހަކަ ދައްކާ ބަޔެއް ކަމަށް ވުން ކަމަށެވެ.

"އެހެންނަމަވެސް މިހާރު މިގޮތައް އަޅުގަނޑުމެންގެ ތެރޭގައި ކަންތައްތައް ދާ ކަމަށް ވަނީނަމަ އިންގިރޭސި ވިލަތުގައި މިއަދު އިންޑިއާގެ ދަރިކޮޅަކަށް ނިސްބަތްވާ މީހުން ވަޒީރުންނަށް ތިބި ފަދައިން ސްރިލަންކާގެ ދަރިކޮޅުގެ މީހުންނަށް ނިސްބަތްވާ މީހުން އެތަނުގެ ކެބިނެޓްގައި ތިބި ފަދައިން ދިވެހިރާއްޖޭގައި ވެސް އަޅުގަނޑުމެންގެ ކެބިނެޓްގައި ބޭރު ބަޔަކު ތިބުމުގެ ފުރުސަތު އޮންނާނީ ފަހިވެފައި" އާދަމް ޝަރީފް ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީނަށް ކިހާ ވަރެއްގެ ގޮންޖެހުންތަކެއް ކުރިމަތުވެގެން ދާނެތޯ އާދަމް ސަރީފް ސުވާލިކުރެއްވިއެވެ. އަދި އިސްލާމްދީން ރާއްޖެގައި ފުރިހަމަކަމާއި ސާބިތުކަންމަތީ ދެމެހެއްޓުމަށް އެންމެން އަތާ އަތު ގުލާލައިގެން މަސައްކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ