ދެމީހުންނާއެކު ދަތުރުކުރި ޑިންގީއެއް ހދ ކޭލަކުނާއި ކައްޓަލަފުއްޓާއި ދެމެދަށް ބަންޑުން ޖަހާލައިފިއެވެ.
ހދ.ވައިކަރަދޫއަށް ނިސްބަތްވާ މި ޑިންގީގެ ވެރިފަރާތުން "ފެށުމަށް" ބުނީ ޑިންގީ ބަންޑުން ޖަހާލީ ރޭ މެންދަމު 02:30 ހާއިރު ކަމަށާއި، ދެމީހުންނާއެކު އެވަގުތު ޑިންގީ ދަތުރުކުރަމުން ދިޔައީ ކުޅުދުއްފުށިން ފުރައިގެން ވައިކަރަދޫއަށް ކަމަށެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ދިޔަވެ، ދިޔަ ކޮންޓްރޯލް ނުވުމުގެ ސަބަބުން އެމްއެންޑީއެފް އާއި އާއްމު ފަރާތްތަކުގެ އެހީތެރިކަމަށް އެ ޑިންގީ އެދިފައިވާއިރު، އެވަގުތު އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދީ ޑިންގީން ދަތުރުކުރި ދެމީހުން ސަލާމަތް ކޮށްފައިވަނީ ވައިކަރަދޫގެ ލޯންޗަކުންނެވެ.

މި ހާދިސާގައި ޑިންގީން ދަތުރުކުރި ދެމީހުން ސަލާމަތްކުރި ނަމަވެސް، މޫސުން ތަންނުދޭތީވެ، ޑިންގީ ސަލާމަތް ކުރެވިފައެއް ނުވެއެވެ.
ޑިންގީގެ ވެރިފަރާތުން ބުނީ، ހާދިސާގެ މަޢުލޫމާތު ސަލާމަތީ ބާރުތަކަށް ހިއްސާކުރި ކަމަށާއި، ނަމަވެސް ޑިންގީ އަޑިއަށްދިޔައިރު އެހީތެރިކަން ފޯރުކޮށްދޭން އާދެވުނީ ވައިކަރަދޫ ލޯންޗަކަށް އެކަނި ކަމަށެވެ.
މި ހާދިސާގައި 20 ފޫޓްގެ މި ޑިންގީ އަޑިއަށް ގޮސްފައިވާއިރު، ޑިންގީ އަޑިއަށް ދިޔައީ 85 ހޯސްޕަރގެ ޔަމަހާ އައުޓްބޯޑް އިންޖީނަކާވެސް އެކުގައެވެ.
މިހާތަނަށް އައިއިރު ޑިންގީ ފެނިފައި ނުވާކަމަށާއި، ޑިންގީ ފެނިއްޖެނަމަ ލަސްނުކުރައްވާ ޑިންގީގެ ވެރިފަރާތުގެ ނަންބަރު 9112291 އަށް ގުޅައި މަޢުލޫމާތު ހިއްސާކުރެއްވުމަށް ވެރިފަރާތުން އެދިލައްވައެވެ.
ހިޔާލު
Faathuma thee mulhi rah fasaadha kohfa male badhaluvefa huri buraancheh
ވަށައިގެންވާ ރައްރަށުގައި ފުލުހުންނާއި ސިފައިން ތިބޭއިރު މީދޯ ވާވަރަކީ ކަމެއް ޖެހުނީމާ.
ކަމެއްްޅިބުނަސް ބޮޑާ ނުވާނވީ ތިނަސީމް އަކި މުޅިރައް ހަޅާކު ކުރާމީހެއް
ރޯދަ ކަމުން ގޮސް “ޅ” އަދި “ލ” ވެސް ނޭނގޭ ދޯ؟ ޕުއް
Meehunnah zaathy basthahbune bodaavefa hurevidhaanebaa!! Maadhamaa faathumayah jeheyne haaleh engeybaa
ކޮމެންޓް ކުރުން ބަންދު