ކޮވިޑް-19 އިން މިއަދު ރަނގަޅުވެފައިވަނީ 79 މީހުން

ކޮވިޑް-19 އިން އަލަށް ރަނގަޅުވެފައިވަނީ 79 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހާމަކުރަމުން ވިދާޅުވީ، މިއަދު މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 79 ކަމަށާއި މިއާއެކު ޖުމްލަ މިބަލިން ރަނގަޅުވި މީހުންގެ އަދަދު 9،187 އަރައިފައިވާ ކަމަށެވެ.

ކޮވިޑް-19 އިން މިހާތަނަށް 9،000 ވުރެ ގިނަ މީހުން ރަނގަޅުވެފައިވާއިރު މިބައްޔަށް ޕޮޒިޓިވުވި ޖުމްލަ މީހުންގެ އަދަދަކީ 10،354 އެވެ. މިވަގުތު މިބައްޔަށް ރާއްޖޭގައި ފަރުވާ ހޯދަމުންދަނީ 1،126 މީހުންނެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުނުތާ މިއަދަށް 207 ދުވަސްވެފައިވާއިރު ކޮވިޑް-19 ފެނުނުތާ ކައިރިއާ ހިލާފަށް މިހާރު މިބަލިން ރަނގަޅުވާ މީހުން ކަނޑައެޅުމުގައި އަމަލުކުރާ ގޮތްވަނީ ބަދަލުވެފައެވެ.

މީގެކުރިން ކޮވިޑް-19 އިން މީހަކު ރަނގަޅުވިކަމަށް ކަނޑައަޅަނީ ބަލި ޖެހިފައިވާ މީހާގައިގައި ކޮވިޑް-19ގެ ބަލިމަޑުކަން ނެއްކަން ޓެސްޓުތަކުން ދެއްކުމުންނެވެ. ނަމަވެސް، މިހާރު މީހަކު މިބަލިން ރަނގަޅުވި ކަމަށް ނިންމަނީ ބަލިޖެހުނުތާ 14 ދުވަސްފަހުން ބަލީގެ އަލާމާތެއް ނެއްނަމައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ