ސިއްހީ މަސައްކަތްތެރިން ކުޅުދުއްފުށީގައި ރެންޑަމް ސާމްޕަލިން ނެގުމުގެ މަސައްކަތުގައި | ފޮޓޯ: ކޭއާރުއެޗް

24 ރަށެއްގައި ކޮވިޑް-19 އަށް ޕޮޒިޓިވް 90 މީހުން

އަތޮޅުތެރޭގެ 24 ރަށެއްގައި ކޮވިޑް-19 އަށް ޕޮޒިޓިވު 90 މީހުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

މި 90 މީހުންގެ އިތުރު މައުލޫމާތު ހާމަކުރަމުން އެޗްޕީއޭ އިން ވިދާޅުވީ، މި މީހުންގެ ތެރެއިން 27 މީހުންނަކީ ދިވެހިން ކަމަށާއި އަދި 63 މީހުންނަކީ ބިދޭސީން ކަމަށެވެ.

ހދ. ކުޅުދުއްފުށި، ގދ. ހޯޑެއްދޫ، އަދި ސ. ގަން ފިޔަވައި ހުރިހާ ރަށަކުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވަނީ ފުރަބަންދުގައި ހުރި މީހުންނެވެ.

ރިސޯޓުތަކުގައި ކޮވިޑް-19ގެ ހާލަތު ބަޔާންކުރަމުން އެޗްޕީއޭ އިން ވިދާޅުވީ، 21 ރިސޯޓެއްގައި ކޮވިޑް-19 އަށް ޕޮޒިޓިވު 27 މީހުން ތިބިއިރު މި މީހުންގެ ތެރޭގައި 10 ފަތުރުވެރިންނާއި 17 މުވައްޒަފުން ހިމެނޭ ކަމަށެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުނުތާ މިއަދަށް 207 ދުވަސް ވެފައިވާއިރު މިބަލި ފެތުރުން ކޮންޓުރޯލް ކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކަށްވަނީ ލުއިދޭން ފަށައިފައެވެ. މިގޮތުން ރާއްޖޭގެ ބޯޑަރު ހުޅުވާލައި ފަތުރުވެރިންނަށް ހާއްސަ އިންތިޒާމެއްގެ މަތިން ރާއްޖެ އާދެވޭނެގޮތްވަނީ ހަމަޖައްސައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ