ޖޯލް ކޯޓްނީ އޭނާގެ ބެސްޓްފްރެންޑް، މިއާ ސްކޮލިންކާއި ކައިވެނި ކޮށްފި!

"ދަ ކިސިން ބޫތް" އިން ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ޖޯލް ކޯޓްނީ އޭނާގެ ބެސްޓްފްރެންޑް މިއާ ސްކޮލިންކާއި މިދިޔަ މަހުގެ 27 ވަނަ ދުވަހު ކައިވެނިކޮށްފިއެވެ.

އުމުރުން 24 އަހަރުގެ ޖޯލް އާއި 23 އަހަރުގެ މިއާ އެރިޒޯނާގެ ފީނިކްސްގައި ކައިވެނި ކޮށްފައިވާއިރު ޖޯލް ބުނެފައިވަނީ އޭނާގެ ބެސްޓްފްރެންޑާއި ކައިވެނި ކުރެވުމުން ވަރަށް އުފާވާ ކަމަށެވެ.

"އަހަރެމެން ދެމީހުން ތެރެއިން އެކަކުވެސް އުފަން ނުވާ އިރުވެސް އަހަރެންގެ މައިންބަފައިނަށް މިއާގެ މައިންބަފައިން އިނގޭ. އަހަރެންގެ ބައްޕަ މިއާގެ ބައްޕަގެ ވިޔަފާރީގެ ވެބްސައިޓް ޑިވެލޮޕް ކޮށްދީފައިވޭ. އަހަރެންނާއި މިއާވެސް ކުޑައިރު ނެޕީގައި ކުޅެން އުޅުނިން." ޖޯލް ބުނެފައި ވެއެވެ.

ޖޯލް ބުނެފައިވާގޮތުގައި މިއާ އާއި ޑޭޓް ކުރަން ފަށާފައިވަނީ 2017 ވަނަ އަހަރު ކަމަށާއި ނަމަވެސް އަހަރެން ފަހުން ދެމީހުން ރުޅިވި ކަމަށެވެ. އަދި އޭގެ ފަހުން 2019 ވަނަ އަހަރު އަލުން ޑޭޓް ކުރަން ފެށިކަަމަށް ބުންފައިވެއެވެ.

ޖޯލް ކޯޓްނީ އަދި މިއާ ސްކޮލިންކް އެންގޭޖް ވެފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހު ވެލެންޓީންސް ޑޭގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ