ސަލްމާން ހާން "ރާދޭ"ގެ ޝޫޓިން ފަށަނީ

ސަލްމާން ހާންގެ ކުރިއަށް އޮތް ފިލްމް "ރާދޭ: ޔުއާ މޯސްޓް އޯންޓެޑް ބާއި" ގެ ޝޫޓިން މި އަލުން ފަށަން ތައްޔާރު ވެއްޖެއެވެ. މި ފިލްމް ޝޫޓް ކުރެވިގެންދާނީ 15 ދުވަސްތެރޭގައި ކަރްޖާތްގައި އެންޑީ ސްޓޫޑިއޯގައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މި ފިލްމްގެ ޝޫޓިންގައި ހަރަކާތްތެރިވާ ފަރާތްތައް ތިބުމަށް ހަމަޖެހިފައި ވަނީ އެންޑީ ސްޓޫޑިއޯސްއާއި ކައިރީގައި ހުރި ހޮަޓެލް އެއްގައެވެ. މި ޝޫޓިންގެ ދުވަސްތަކުގައި އާންމު ފަރާތްތަކަށް މި ސަރަހައްދަށް އައުން ވަނީ މަނާކޮށްފައެވެ.

މި ފިލްމުގެ ކޯ ޕްރޮޑިއުސަރ ސަލްމާން ހާން ބުނެފައިވާ ގޮތުގައި ކޮވިޑް-19 ގެ މި ހާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަލާފައިވާނެ ކަމަށާއި އެގޮތުން ހެލްތް އެންޑް ސޭފްޓީ އޮފިސަރަކާއި ޑޮކްޓަރެއްގެ އިތުރުން އެމްބިއުލާންސެއް ޝޫޓިން ކުރިއަށްދާ ވަގުތުގައި އޮންނާނެ ކަމަށެވެ.

"ރާދޭ: ޔުއާ މޯސްޓް އޯންޓެޑް ބާއި" އިން ޑިޝާ ޕެޓަނީ، ޖެކީ ޝްރޮފް އަދި ރަންޑީޕް ހޫޑާ ފެނިގެންދާނެއެވެ. މި ފިލްމް ފުރަތަމަ ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މޭ މަހުގެ 22 ވަނަ ދުވަހުއެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ރިލީޒް ކުރުން ވަނީ ލަސްކޮށްފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ