ގއ.ވިލިނގިލި

ޖަނަރޭޓަރު ހަލާކުވެ ވިލިނގިލި ކަނު އަނދިރީގައި!

ގއ. ވިލިނގިލީގައި ކަރަންޓު ފޯރުކޮށްދެމުން ދިޔަ މައި ޖަނަރޭޓަރެއް ހަލާކުވެ އެރަށުން ކަރަންޓުގެ ޚިދުމަތް ކެނޑިއްޖެއެވެ.

ވިލިނގިލިން ވާހަކަދެއްކި މީހަކު ބުނީ، މިއަދު ހަވީރު 05:15 ހާއިރުން ފެށިގެން ކަރަންޓު ކެނޑިފައިވާ ކަމަށާއި، މިއަދު ރަށުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ އެރަށުގައި ބޭނުންކުރަމުން ދިޔަ އެންމެ ބޮޑު ޖަނަރޭޓަރުގެ "ބޮޑީ" ފަޅައިގެން ގޮސްގެންނެވެ.

މިކަމާއި ގުޅިގެން، މިހާރު ހިނގަމުންދާ ޖަނަރޭޓަރުތައް ބޭނުންކޮށްގެން ބައެއް ސަރަޙައްދުތަކަށް ދޭތެރެ ދޭތެރެއިން ކަރަންޓު ފޯރުކޮށްދެމުންދާ ކަމަށާއި، ޖަނަރޭޓަރަށް ދިމާވި މައްސަލަ ޙައްލުވާނެ ދުވަހެއް ބުނަން ނޭނގޭ ކަމަށް އެރަށު އިންޖީނުގެއާ ހަވާލާދީ ވިލިނގިލިން ވާހަކަދެއްކި ފަރާތުން ބުންޏެވެ.

ގއ. ވިލިނގިއްޔަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން ދަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. ފެނަކައިން ކަރަންޓު ފޯރުކޮށްދޭ ވަރަށް ގިނަ ރަށްތަކުން މިރަމަޟާން މަހު ކަރަންޓު ކެނޑެމުންދާއިރު، ފެނަކައިން އަންނަނީ އެ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް