މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވަނީ 44 މީހުން

މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ 44 ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހާމަކުރަމުން މިރޭ ބުނީ، ޖުމްލަ 1،519 ސާމްޕަލް ކޮވިޑް-19 އަށް މިއަދު ޓެސްޓު ކުރިއިރު މީގެތެރެއިން ޕޮޒިޓިވުވެފައިވަނީ 44 ސާމްޕަލް ކަމަށެވެ.

އަލަށް މިބައްޔަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، 38 ދިވެހިންނާ ހަ ބިދޭސީންނެވެ. އަތޮޅުތެރޭ ރައްތަކުން ހަތަރު މީހުން މިއަދު ޕޮޒިޓިވުވިއިރު މޭލެއިން ޕޮޒިޓިވުވެފައިވަނީ 40 މީހުންނެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދު މިހާރު 10،000 ވުރެ އިތުރުވެފައިވާއިރު ދުވާލެއްގެ މައްޗަށް މިބައްޔަށް ޕޮޒިޓިވުވާ މީހުންގެ އަދަދުވަނީ 100 އިން ދައްކުރެވިފައެވެ.

އެޗްޕީއޭ އިން ބުނެފައިވަނީ، ދުވާލެއްގެ މައްޗަށް ކޮވިޑް-19 އަށް ޕޮޒިޓިވުވާ މީހުންގެ އަދަދު 100 އަށްވުރެ ދައްކުރެވިފައި ވީނަމަވެސް އަދި މިބަލި ރާއްޖޭގައި ކޮންޓުރޯލް ކުރެވިފައި ނުވާކަމަށެވެ. މިހެންކަމުން ބަލި ފެތުރުން ކޮންޓުރޯލް ކުރުމަށް މިހާރު އަޅައިފައިވާ ފިޔަވަޅުތަކަށް އެންމެހާ ފަރާތްތަކުން ބޯލެބުން ވަރަށް މުހިންމު ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ