މާލޭގައި ކުރިޔަށްދިޔަ ކޮވިޑް-19 ޑްރިލްއެއް | ފޮޓޯ: ޕީއެސްއެމް

ކޮވިޑް-19 އިން މިއަދު ރަނގަޅުވެފައިވަނީ 26 މީހުން

ކޮވިޑް-19 އިން އަލަށް މިއަދު ރަނގަޅުވެފައިވަނީ 26 ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު އާންމު ރައްޔިތުންނަށް ހާމަކުރަމުން އެޗްޕީއޭ އިން ވިދާޅުވީ ރޭ 18:00 އިން މިރޭގެ 18:00 އަށް ކޮވިޑް-19 އިން 26 މީހުން ރަނގަޅުވެ ޖުމްލަ ރަނގަޅުވީ މީހުންގެ އަދަދު 9،213 އަށް އަރައިފައިވާ ކަމަށެވެ.

ކޮވިޑް-19 އިން ރަނގަޅުވީ މީހުންގެ އަދަދު 9،000 މައްޗަށް އަރައިފައިވާއިރު މިވަގުތު މިބައްޔަށް ޕޮޒިޓިވުވެ ރާއްޖޭގައި ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ 1،144 އެވެ. މީގެތެރެއިން 79 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ.

ކޮވިޑް-19 އިން މީހަކު ރަނގަޅުވި ކަމަށް ބަލަނީ ބައްޔަށް ޕޮޒިޓިވުވާތާ 14 ދުވަސްފަހުން ބަލީގެ އަލާމާތެއް ނެއްނަމައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ