ނޮޅިވަރަމް "ގިންތި" ދޯނި އަޑިޔަށް ގޮސްފައި / ފޮޓޯ: ފެށުން

ދިޔަވި ނޮޅިވަރަމް ދޯނި އަޑިޔަށް ގޮސްފި

ވެލި ބަރުކޮށްގެން ދިޔަ ހދ. ނޮޅިވަރަމް "ގިންތި" ދޯނި ދިޔަވެ އަޑިއަށްދިޔަކަމުގެ މައުލޫމާތު މިނޫހަށް ލިބިއްޖެއެވެ.

ހދ. ކުރިނބީ ކައުންސިލްގެ ރައީސް މިނޫހަށް ވިދާޅުވީ، ވެލި ބަރުކޮށްގެން ދިޔަ ހދ. ނޮޅިވަރަމް ގިންތި ނަމަކަށްކިޔާ ދޯނި ދިޔަވަމުންދާތީވެ، ކުރިނބީ ފަޅުތެރެއަށް ވަދެފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެދޯނީގެ ޕަންޕް ވަނީ ހަލާކުވެފައެވެ.

އެސަރަހައްދުގައި ހުރި މިނޫހުގެ ރިޕޯޓަރަކު ބުނީ، ޕަންޕް ހަލާކުވެގެން ކުރިނބީ ފަޅުތެރެއަށް ވެއްދި ނޮޅިވަރަމް "ގިންތި" ދޯނީގެ ބޮޑުބައެއް މިހާރުވަނީ ފަޅުތެރެއަށް އަޑިޔަށް ގޮސްފައި ކަމަށެވެ. މިހާރު އެމްއެންޑީއެފް ކޯސްޓް ގާޑް އިން އެސަރަހައްދުގައި ދަނީ ހަރަކާތްތެރި ވަމުންނެވެ.

މިހާދިސާ ހިނގި ވަގުތު ދޯނިގައި ހަ މީހަކު ހުރިކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ނޮޅިވަރަމް "ގިންތި" ދޯނި އަޑިޔަށް ގޮސްފައި / ފޮޓޯ: ފެށުން

އެމްއެންޑީއެފް އިން ވިދާޅުވީ، މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރު 11:45 ހާއިރު ކަމަށާއި، މިހާދިސާގައި އެއްވެސް ފަރާތަކަށް އަނިޔާ ލިބިފައި ނުވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
311
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ