މުއާގެ ޓިކްޓޮކް އެކައުންޓްވެސް ވެރިފައި ކޮށްފި

ދިވެހި ފިލްމީ އިންޑަސްޓްރީގައި މިވަގުތު ހުރި އެންމެ މަޝްހޫރު އަދި އެންމެ ޑިމާންޑްބޮޑު އެކްޓްރެސް މަރިޔަމް އައްޒަގެ ފިރިމީހާ އަދި އެކްޓަރ އަބްދުﷲ މުއާޒު(މުއާ)ގެ ޓިކްޓޮކް އެކައުންޓުވެސް ވެރިފައިކޮށްފިއެވެ.

މި ހަފްތާގެ ތެރޭގައި ދާދިފަހަކުންވަނީ، އައްޒަ އާއި ރާއްޖޭގައި އުފެދުނު އެންމެ މަގްބޫލު އެއް އެކްޓަރު، ޑައިރެކްޓަރު އަލީ ސީޒަންގެ ޓިކްޓޮކްގެ އެކައުންޓުވެސް ވެރިފައިކޮށްފައެވެ. މިއީ ރާއްޖޭގައި ޓިކްޓޮކް އައިޑީތަކެއް ވެރިފައިވެގެންދިޔަ ފުރަތަމަ ފަހަރުވެސް މެއެވެ. އެގޮތުން ފުރަތަމަ ރާއްޖޭގައި ޓިކްޓޮކް އައިޑީއެއް ވެރިފައިވުމުގެ ޝަރަފު ލިބިފައިވަނީ އަލީ ސީޒަނަށެވެ. ދެން އެއަށްފަހު އައްޒަ އެވެ.

ނިމިގެންދިޔަ އަހަރު ރިލީޒްކުރި ފިލްމް "ލީނާ"ގެ ޑައިރެކްޓަރ، މުއާގެ ޓިކްޓޮކް އެކައުންޓް ވެރިފައިވެފައިވާއިރު، މުއާ ޓިކްޓޮކް ބޭނުންކުރަން ފެށީ މީގެ ދެދުވަސްކުރިންނެވެ.

@muaaabdulla

Hello everyone. It’s me Muaa. Follow me for more updates. ???????? @tiktok #tiktok #maldivestiktok #tiktokindia

♬ original sound - Muaa Abdulla

އެގޮތުން ދެދުވަސްކުރިން މުއާގެ ޓިކްޓިކްގައި ހިއްސާކުރި ވީޑިއޯއެއްގައި ބުނީ، މިއީ އޭނަގެ އޮފިޝަލް ޓިކްޓޮކް އެކައުންޓުކަމަށެވެ. އަދި އެންމެ ފަހުގެ އަޕްޑޭޓްސް ހޯދުމަށް އެކައުންޓަށް އެއްމެން ފޮލޯކުރުމަށްވެސް މުއާ އެދިފައިވެއެވެ.

ފިލްމީ ދާއިރާގެ މަސައްކަތުގެ ތެރެއިން މުއާ އެންމެ ފަހުން ފެނިގެންދިޔަ ފިލްމަކީ، އޭނާ ޑައިރެކްޓްކުރި ފިލްމް "ލީނާ"ގެ މުހިއްމު ރޯލަކުންނެވެ. އަދި މީގެ އިތުރުން، ބައިސްކޯފުން ގެނެސްދެމުންއަންނަ ނަހުލާގެ ކާމިޔާބު ވެބް ސީރީޒް "ހުވާ" ގެ ދެވަނަ ސީޒަނުންވެސް މުއާ ފެނިގެންދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ