ކޮނޑޭ ކައިރި ފަރަށް ތެޔޮ ބޯޓެއް އަރައިފި

ގއ. ކޮނޑޭ އަށް ދަތުރުކުރަމުންދިޔަ ތެޔޮ ބޯޓެއް ފަރަށް އަރައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ތެޔޮބޯޓަކީ ހުވަދު އަތޮޅުގައި ބޭނުން ކުރާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ތެޔޮ ބޯޓެކެވެ.

މިރޭ ހިނގި މިހާދިސާގައި ބޯޓަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވާއިރު ދިޔަވަރު ބޮޑުވުމުން ބޯޓު ފުންކުރެވޭނެކަމަށް ބެލެވޭ ކަމަށް އެފްއެސްއެމްގެ އެމްޑީ މުހައްމަދު ގަސަމް ވަނީ ވިދާޅުވެފައެވެ.

ބޯޓުފަހަރު ފަރަށް އެރުމުގެ ގިނަ ހާދިސާތައް މޫސުން ގޯސްވެ ވިއްސާރަވުންފަދަ ކަންކަމުގެ ސަބަބުން އަންނަނީ ކުރިމަތި ވަމުންނެވެ. މިގޮތުން މިއީ މިއަދު ހިނގި ކަނޑުމަތީގެ ދެވަނަ ހާދިސާއެވެ.

މިއަދު ހެނދުނު ހިނގި މިފަދަ އެހެން ހާދިސާއެއްގައި ވެލި ބަރުކޮށްގެން ދިޔަ ހދ. ނޮޅިވަރަމް އޮޑިއެއްވެސްވަނީ ކުރިނބީ ފަޅުތެރެއަށް އަޑިއަށް ގޮސްފައެވެ. މިހާދިސާގައިވެސް އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވެއެވެ.

ކޮނޑޭ ކައިރި ފަރަށް އެފްއެސްއެމްގެ ތެޔޮ ބޯޓު ފަރަށް އަރައިފައި މިވަނީ މެޓްއޮފީހުން މިރޭގެ 07:15 އިން މިރޭގެ 11:00 އަށް ތ. އަތޮޅުން ގއ. އަތޮޅަށް ޔެލޯ އެލާރޓް ނެރެފައި ވަނިކޮށްކަން ފާހަގަ ކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ