ކޮވިޑް-19ގެ ނުރައްކާ ބޮޑު މީހުންގެ ކެޓަގަރީގައި އުމުރުން ދުވަސްވީ މީހުން ހިމެނޭ | ފޮޓޯ: މިހާރު

ކޮވިޑް-19 އިން މިއަދު ރަނގަޅުވެފައިވަނީ 97 މީހުން

ކޮވިޑް-19 އިން މިއަދު ރަނގަޅުވެފައިވަނީ 97 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ކޮވިޑް-19ގެ މައުލޫމާތު ހާމަކުރަމުން މިރޭ ބުނެފައިވަނި މިއަދު 97 މީހަކު ކޮވިޑް-19 އިން ރަނގަޅުވެ ޖުމްލަ މިބަލިން ރަނގަޅުވި މީހުންގެ އަދަދު 9،310 އަރައިފައިވާ ކަމަށެވެ.

ކޮވިޑް-19ގެ އެހެނިހެން ތަފާސްހިސާބުތަކަށް ބަލާއިރު އެކްޓިވް ކޭސަސްގެ ގޮތުގައި މިވަގުތު ކޮވިޑް-19 އަށް ރާއްޖެއިން ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ 1،114 އެވެ. މީގެތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދަކީ 73 އެވެ.

ކޮވިޑް-19 އިން މީހަކު ރަނގަޅުވީ ކަމަށް މިހާރު ބަލަމުން އަންނަނީ މިބައްޔަށް ޕޮޒިޓިވުވާތާ 14 ދުވަސްފަހުން މިބަލީގެ އަލާމާތެއް ނެއްނަމައެވެ. ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ބަލީގެ އަލާމަތް ނެއްނަމަ ކޮވިޑް-19 އަށް ޕޮޒިޓިވުވާ މީހާ 10 ދުވަސްތެރޭ ބަލިން ރަނގަޅުވެފައިވާކަމަށް ނިންމައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ