ސަމާލުވޭ، 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ދެކުނަށް އެލާޓް ނެރެފި

ރާއްޖޭގެ މޫސުން ގޯސްވެ، ތ. އަތޮޅުން ފުވައްމުލަކާއި ދެމެދުގައި ހިމެނޭ ރައްތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓްއޮފީހުން މިރޭގެ 23:00 އިން ފަތިހު 04:00 އަށް ނެރެފައިވާ ވައިޓް އެލާރޓްގައި ބުނެފައިވަނީ އެލާރޓްގެ ވަގުތުގައި އެލާރޓް ނެރެފައިވާ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުންވެސް އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓްއޮފީހުގެ މިއެލާރޓްގައި ބުނެފައިވެއެވެ.

ދެކުނުގެ ހިސާބުތަކަށް މިއަދާއި މިރޭގެ މޫސުން މެޓް އޮފީހުން ލަފާކޮށްފައިވަނީ ގޯސްވާނެ ކަމަށެވެ. މިގޮތުން މިރޭ 11:00 ގައި މިސަރަހައްދަށް މެތް އޮފީހުން ޔެލޯ އެލާޓްވެސް ނެރެފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ކުރިޔަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާ ކަމަށެވެ.

"ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވޭ" މެޓް އޮފީހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ