ފޭނުން ރޮއްވާލަމުން، "ކަސޯޓީ ޒިންދަގީ ކޭ" ނިއްމާލައިފި!

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ ކާމިޔާބު ޑްރާމާ ސިލްސިލާ ކަސޯޓީ ޒިންދަގީ ކޭ ގެ އެންމެ ފަހު އެޕިސޯޑު ދައްކާފައިވަނީ އިއްޔެއެވެ. ގިނަ ބައެއްގެ މަޤުބޫލުކަން ހޯދި މި ސީރީޒް "ހެޕީ އެންޑިން" އަކުން ނިއްމާލުމާއެކު، މީސްމީޑިއާގައި ފޭނުން އަންނަނީ، އުފަލާއި ހިތާމައިގެ ޝުއޫރުތައް ފާޅުކުރަމުންނެވެ.

މި ޝޯ ނިއްމާލިގޮތް ގިނަ ބަޔަކަށް ކަމުގޮސް، ފޭނުންގެ ޝުއޫރުތަކުން މުޅި މީސްމީޑިއާ ބަންޑުންކޮށްލާފައިވާއިރު، ފޭނުން ވަނީ މި ޝޯއަށް އެންމެ ފަހުގެ ވަދާއި ސަލާންކޮށްފައެވެ. އެގޮތުން މި ޝޯގެ ދެ ލީޑު ކެރެކްޓަރ ކަމުގައި ވާ އަނޫރާގް އާއި ޕްރޭނާގެ ރޯލު ކުޅެދިން ދެ ތަރިންކަމުގައިވާ، ޕާތް ސަމްތަން އާއި، އެރިކާ ފެނާންޑޭސްއަށް ފޭނުންގެ މެދުގައިއޮތް ތަރުޙީބާއި ލޯބި ވަނީ ހާމަކޮށްދީފައެވެ.

2008 ވަނަ އަހަރު ނިއްމާލި ކާމިޔާބު ހިންދީ ޑްރާމާ ސިލްސިލާ “ކަސޯޓީ ޒިންދަގީ ކޭ” އަކީ ހިންދީ ޑްރާމާތަކަށް ލޯބިކުރާ ގިނަބަޔެއްގެ މެދުގައި އެންމެ މަޤުބޫލު ޑްރާމާއެވެ. އެގޮތުން، ގާގްގަނޑަކަށް ދިހަ އަހަރު ފަހުން މި ސިލްސިލާގެ ދެވަނަ ސީޒަން ގެނެސްދިންނަމަވެސް،  މި ޝޯ އަނެއްކާވެސް ނިއްމާލަން ޖެހިފައިމިވަނީ ގިނަ ސަބަބުތަކަކާއިހުރެއެވެ.

އެގޮތުން އެންމެ ބޮޑު އެއް ސަބަބަކީ،  މި ޝޯގެ ލީޑު ފިރިހެން ކެރެކްޓަރ އަނޫރާގް ބާސޫގެ ރޯލު ކުޅެމުންއަންނަ އެންމެންގެ ލޯބި ހޯދި އެކްޓަރު ޕާތް ސަމްތަން އެ ރޯލު ދޫކޮށްލުމުންނެވެ. މީގެ އިތުރުންވެސް، މި ޝޯ ފެށުމަށްފަހު ޝޯގެ މުހިއްމު ކެރެކްޓަރތައް ކުޅުނު އެކްޓަރުން ވަނީ އެކި ސަބަބުތަކާއި ހުރެ ޝޯއިން ވަކިވެފައެވެ.

އެގޮތުން ފޭނުން އެންމެ މާޔޫސްކޮށްލީ، ޝޯގެ އެންމެ އައިކޮނިކް ރޯލު އަދި ވިލަންގެ ރޯލުކަމުގައި “ކޯމާލިކާގެ” ރޯލު ކުލެފައިވާ ބަތަލާހީނާހާން ޝޯއާއި ވަކިވުމުންނެވެ. ހީނާ ޝޯއިން ވަކިވުމުން މި ރޯލަށް އެހެންތަރިއަކު ހަމަޖެއްސިނަމަވެސް، ގިނަ ބަޔަކަށް އެ އެކްޓްރެސްގެ އެކްޓިން ކަމުގޮސްފައެއްނުވެއެވެ.

ހީނާގެ ވަކިވުމަށްފަހު، “ކަސޯޓީ ޒިންދަގީކީ”ގައި ބަޖާޖްގެ ރޯލު އަދާކުރަމުންއައި އެކްޓަރު ކަރަން ސިންހް ގްރޯވާވެސް ވަނީ މިޝޯއާއި ވަކިވެފައެވެ.

އެހެންކަމުން ޝޯއަށް ލިބެމުން އަންނަ ތަރުހީބު ކުޑަވުމާއި އަދި ޝޯގެ ރޭޓިންސް ވަރަށް ބޮޑަށް ދައްވެފައިވުމުގެ އިތުރުން ކޮވިޑް-19 ގެ ސަބަބުން ޝޫޓިންތަކަށް ބުރޫއެރުމާއެކު މި ޝޯ ނިއްމާލަން ޝޯގެ ޕްރޮޑަކްޝަން ޓީމުން ނިއްމީއެވެ.

"ކަސޯޓީ ޒިންދަގީ ކޭ" ނިއްމާލިއިރު، އަނޫރާގްއާއި ޕްރޭނާގެ ލޯބީގެ ފަލްސަފާ ނިމިފައިވަނީވެސް "ހެޕީ އެންޑިން"އަކުންނެވެ.

މިލިޔުން ކިޔާލުމުން
1121
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ