ދިވެހި އަންހެން ކުދިންގެ ހިތްތައް ކަތިލި "ޗައި ވާލާ"، އަމިއްލަ ކެފޭއެއް ހިންގަނީ!

2016 ވަނަ އަހަރު ގެ ސެޕްޓެމްބަރ މަހު ޗައި ވާލާގެ ނަމުން އާންމުންގެ މަޝްހޫރުކަން ހޯދިި އަރްޝަދް ހާން އަކީ މިހާރު އަމިއްލަ ސައި ކެފޭ އެއް ހިންގަމުން އަންނަ ޒުވާނެކެވެ. އުމުރުން އެންމެ 18 އަހަރުގައި ސައި ވިއްކާ މީހާގެ ނަމުން މަޝްހޫރުވި މި ޒުވާނާ ވަނީ ދިވެހި ގިނަ އަންހެން ކުދިންގެ ހިތްތައް ވެސް ފަތަހަކޮށްފައެވެ.

އަރްޝަދް ޙާން، އާންމުންގެ ނަމުން ނަމަ ޗައި ވާލާގެ ދިރިއުޅުން ބަދަލުވެގެން ދިޔައީ މޮޅު ފޮޓޯގްރާފަރަކު ނެގި ފޮޓޯ އެއް އިންސްޓަގްރާމްގައި ދޫކޮށްލި ހިސާބުންނެވެ.  ކެޕްޝަން ގައި "ހޮޓް ޓީ" ޖެހުމަށްފަހު އިންްސްޓަގްރާމް އަށް ދޫކޮށްލި މިފޮޓޯ ވަނީ މުޅި ސޯޝަލް މީޑިއާގައި ވައިރަލް ވެގެން ގޮސްފައެވެ. މި ފޮޓޯގެ އެންމެ ހިތަގައިމު އެއްކަމަކަށް ވެގެން ގޮސްފައި ވަނީ އޭނާގެ ނޫކުލައިގެ ރީތި ދެލޮލެވެ. އޭނާ އަށް ލިބިފައި ވާ ރީތި ދެލޮލުގެ ސަބަބުން އޭނާއަށް ވަނީ މޮޑެލް ކުރުމުގެ ދާއިރާއިންނާއި ބޮލީވުޑުން ވެސް ފުރުސަތު ލިބިފައެވެ.

މޮޑެލް ކުރުމުގެ ދާއިރާއިންނާއި ބޮލީވުޑުން ފުރުސަތު ލިބުނުނަމަވެސް ޗައިވާލާގެ އަމާޒަކަށް ވެފައި އޮތީ އޭނާގެ ގައުމުގައި އަމިއްލަ ސައި ކެފޭ އެއް ހުޅުވުމެވެ. ކުރިން އޭނާ މަސައްކަތް ކޮށްފައި ވަނީ އޭނާގެ އަމިއްލަ މިލްކިއްޔާތުގައި ވާ ތަނެއްގައި ނޫންކަމުން އޭނާގެ ހުވަފެނަކަށް ވީ އަމިއްލަ ސައި ކެފޭ އެއް ހުުޅުވުމެވެ. ބުރަމަސަތްކަތުން އުމުރުން އެންމެ 22 އަހަރުގައި މި ހުވަފެން ހަޤީޤަތަކަށް ހަދައި ޗައި ވާލާ ވަނީ "ކެފޭ ޗައިވާލާ" ގެ ނަމުގައި އިސްލާމް އާބާދު ގައި އޭނާގެ އަމިއްލަ ކެފޭ އެއް ހުޅުވާފައެވެ.

އުރުދޫ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޗައި ވާލާ ބުނެފައި ވަނީ މިހާރު އޭނާގެ އަމިއްލަ ސައި ކެފޭ ހުޅުވާފައިވާ ކަމަށެވެ. އޭގެ އިތުރުން އޭނާ ބުނީ ބައެއް އާންމު ފަރާތްތަކުން ކެފޭގެ ނަން "އަރްޝަދް ޙާން" އަށް ބަދަލުކުރުމަށް ހުށައަޅާ ކަމަށާއި "ޗައި ވާލާ" ގެ ނަމުން ނަން ދިނީ ކީއްވެތޯ ސުވާލު ކުރާ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން އަންނަނީ އެ ނަން ފޮހެލަން ޖެހޭ ކަމަށް ބުނަމުން ކަމަށް ޗައި ވާލާ ބުނެފައިވެއެވެ.

ޗައި ވާލާގެ މި ކެފޭއިން ސައިގެ އިތުރުން ގިނަ ބާވަތްތަކުގެ އެކިކަހަލަ ކެއުންތަަށްވެސް ލިބެން ހުރެއެވެ. މިހާރު ޗައިވާލާގެ އެންމެ ބޮޑު އެއް އަމާޒަކީ ކެފޭ އިތުރަށް ކުރިއެރުވުމެވެ. އެގޮތުން އޭނާގެ ގިނަ ވަގުތުތަށް މިހާރު ހޭދަކުރަމުން ދަނީ ކެފޭ ކުރިއެރުވުމަށް ޓަކައެވެ.

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ