ކުއްތާ ބޭނުންކޮށްގެން ހުޅުމާލޭގައި ފުލުހުންގެ އޮޕަރޭޝަނެއް

ކުއްތާ ބޭނުންކޮށްގެން ހުޅުމާލޭގައި ފުލުހުންގެ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި އޮޕަރޭޝަން ފަށާފައިވަނީ މިއަދު ފަތިހުއެވެ. އަދި މި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ފުލުހުން ވަނީ ކުއްތާ ބޭނުންކޮށްގެން ހަރަކާތްތެރިވެފައެވެ. އަދި މި އޮޕަރޭޝަންއާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން އާންމު ކޮށްފައެއް ނުވެއެވެ.

ހުޅުމާލޭގައި ފުލުހުންގެ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު ކަނޑުމަތިން އިއްޔެ އައްޑޫ ސިޓީ ހިތަދޫއަށް ވައްދަން އުޅުނު 80 ކިލޯގެ މަސްތުވާ ތަކެތިވަނީ އަތުލާގަނެފައެވެ.

އެކަމާ ގުޅޭ ގޮތުން މިއަދު ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ  އެންޓި ނާކޮޓިކްސްގެ ބޮޑު އޮޕަރޭޝަނެއް އައްޑޫ ސިޓީގައި ފުލުހުން ކުރިއަށްގެންދާ ކަމަށާއި މި އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ސީދާ ދިވެހި ފުލުހުންނާއި ދިވެހީންގެ އިންޓެލިޖެންސްއަށް ބިނާކޮށްގެން ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ