ފަތުރުވެރިއެއްގެ ބޮލުގައި އޮކްސިޖަން ފުޅިއަކުން ޖެހި ހާލު ސީރިއަސްވެއްޖެ

އދ. މަހިބަދޫ ކައިރިން ޑައިވް ކުރުމަށް ސަފާރީއަކުން މީހުން ބޭލި ވަގުތު މޫދަށް ވެއްޓުނު ފަތުރުވެރިއެއްގެ ބޮލުގައި އޮކްސިޖަން ފުޅިއަކުން ޖެހި ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާދޭން ފަށައިފިއެވެ.

މިހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 29 އަހަރުގެ ޖަރުމަނު ރައްޔިތެއްކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އަދި އިތުރު ފަރުވާއަށް އޭނާ މާލެއަށް ގެނެސްފައިވަނީ މިއަދު 14:00 ހާއިރު ގެނެސްފައިވާއިރު އޭނާގެ ހާލު ސީރިއަސް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިއަދު މެންދުރުފަހު 13:00 މިހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބުނުއިރު މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 11:00 ހާއިރު މަހިބަދޫ ކަރިގައި އޮންނަ "މަންތާ ޕޮއިންޓް" ގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިހާދިސާ ހިނގަން މެދުވެރިވީ އެ ސަރަޙައްދަށް ސަފާރީއެއްގައި ޑައިވްކުރަން ދިޔަ ބަޔަކު މޫދަށް ބޭލި ވަގުތު ޖެހި ރާޅަކާއެކު އެތަނުން އެއް ފަތުރުވެރިއަކު މޫދަށް ވެއްޓުނު ވަގުތު، މޫދުގައި އޮތް އެހެން ފަތުރުވެރިއެއްގެ ބޮލުގައި އޭނާ އަޅައިގެން ހުރި އޮކްސިޖަން ފުޅިން ޖެހިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. divemaster

    zimma nagan jeheynee dive leader nuwatha guide . situation manage kuran nunee handle kuran neyngifa nunee nubelifa thiothee. v dhera kameh

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ