އޮލިމްޕަސް ކެފޭ ހިންގާނެ ފަރާތެއް ހޯދަނީ!

އޮލިމްޕަސް ކެފޭ ހިންގާނެ ފަރާތެއް ހޯދުމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެން.ސީ.އޭ) އިން އިއުލާން ކޮށްފިއެވެ.

އެން.ސީ.އޭ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެސެންޓަރުން 2 ސެޕްޓެމްބަރ 2020ގައި ކުރި އިޢުލާނާއި ގުޅިގެން، އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެން.ސީ.އޭ އިން ދޭމައުލޫމާތާ އެއްގޮތަށް އޮލިމްޕަސް ކެފޭ ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، އެކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަޠު ހުޅުވާލަމެވެ.

އެން.ސީ.އޭ އިން ވިދާޅުވީ، މި ކެފޭ އަކީ ފަންނުވެރިން ބައްދަލުވެ ޚިޔާލު ބަދަލްކޮއްލެވޭ ފަދަ މާހައުލެއް އެކުލެވޭ ކެފޭ އަކަށް ވާންވާނެ ކަމަށާއި އަދި ކެފޭ ހިންގަންވާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގެ ގައިޑުލައިނާއި އެއްގޮތްވާ ގޮތުގެމަތިން ކަމަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދޭ ކަމަށްވެސް އެން.ސީ.އޭ އިން ވިދާޅުވިއެވެ.

އިއުލާން

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ