ޔުނާން އާއި ރިހުލާ

ޔުނާން އާއި ރިހްލާ ހައްޔަރުކޮށްފި

ޔުނާން އާއި ރިހްލާ ހައްޔަރުކޮށްފި އެވެ.

ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާ ހުޅުމާލޭގައި ދިރިއުޅޭ ގެއިން ފުލުހުން ވަނީ ދާދި ދެންމެ ހައްޔަރުކޮށްފައެވެ.

ޔުނާން އާއި ރިޙްލާ ހައްޔަރުކޮށްފައި މިވަނީ އެދެމީހުންގެ މައްޗަށް، ޔުނާންގެ ދައްތަ އާއި ބޭބެގެ 18 އަހަރު ނުފުރޭ ދެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވިފައި ވަނިކޮށް އާންމުން އެސަރަޙައްދަށް އެއްވެ އަޑު އުފުލަމުން ދަނިކޮށެވެ.

ޔުނާންގެ ދެމަފިރިން ދިރިއުޅެމުންދިޔަ ގެ ކައިރިއަށް މިއަދު ހަވީރު އެއްވި އާންމުން ދިޔައީ ކުޑަ ކުދިންނަށް ކުރާ އަނިޔާ ހުއްޓާލުމަށް ގޮވާލަމުންނެވެ.

ޔުނާން އާއި ރިޙްލާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ | ފޮޓޯ: ފެށުން

ފުލުހުންގެ ވެހިކަލަށް ޔުނާން އާއި ރިހްލާ އަރާފައިވަނީ އަމިއްލަ އަށް ހިނގާފައި އައިސްއެވެ. ފުލުހުންގެ ވެހިކަލަށް ޔުނާން އާއި ރިޙްލާ އަރަން އައި ވަގުތު އެޝަރަހައްދަށް އެއްވެފައިވާ މީހުންގެ އަޑު ގަދަ ވެގެން ދިޔަކަމަށް އެސަރަހައްދުގައި ހުރި "ފެށުން" ގެ ނޫސްވެރިޔާ ވަނީ ބުނެފައެވެ.

ފުލުހުން ވަނީ ހުޅުމާލޭގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާއެކު އިތުރު ދެ މީހަކު ގަދަކަމުން ބަދްއަޚްލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ހަވީރު 16:00 ހާއިރު ފުލުހުންނަށް ހުށަހެޅުނު ކަމަށް ވިދާޅުވެފައެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިނަމަވެސް ޔުނާން އާއި ރިހުލާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން ވިދާޅުވީ، އަދި އެސަރަޙައްދުން ފުލުހުންގެ ވެހިކަލްގައި ޕޮލިސް ސްޓޭޝަނަށް ގެންދެވިފައިވަނީ އަމިއްލައަށް ރައްކާތެރިކަމަށް އެދުނު ދެމީހަކުކަމަށެވެ.

މިލިޔުން ކިޔާލުމުން
3281325
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ޗައު

    އެ ތުއްތު ކުއްޖާއަށް ފީޑިން އަށް ކޮންމެވެސް ގޮތެއް ހަމަޖައްސާފަ ހައްޔަރު ކުރަން ފެނޭެ

  2. ހަސަން

    ހެޔޮނުވާނެ ތި މީހުން ދޫކޮއް ނުލާތި…އެކުދިންގެ މުޅި ދިރިއުޅުން އެވަނީ މިހާރު ހަލާކުވެގެން ގޮސްފަ އުމުރައް ޖަލައްލާ????????

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ