ކޮވިޑް-19 އަށް މީހުން ތަމްރީނުކުރުމުގެ ތެރެއިން - ފޮޓޯ: ވީނިއުސް

ކޮވިޑް-19 އަށް ޕޮޒިޓިވުވީ މީހުންގެ އަދަދު 10،500 އިން މައްޗަށް

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވުވި މީހުންގެ ޖުމްލަ އަދަދު 10،500 އަށްވުރެ އިތުރުވެއްޖެއެވެ.

ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހާމަކުރަމުން ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ، ރޭ 18:00 އިން މިރޭގެ 18:00 އަށް ކޮވިޑް-19 އިން ޕޮޒިޓިވުވެފައިވަނީ 65 މީހުން ކަމަށެވެ. އަދި މިއާއެކު ޖުމްލަ މިބައްޔަށް ޕޮޒިޓިވުވި މީހުންގެ އަދަދު 10،530 އަރައިފައިވާ ކަމަށެވެ.

މިއަދު އަލަށް މިބައްޔަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ 51 ދިވެހިންނާ 14 ބިދޭސީންނެވެ. މިމީހުންގެ ތެރެއިން 54 މީހުން މާލެއިން ޕޮޒިޓިވުވިއިރު 11 މީހުން ޕޮޒިޓިވުވެފައިވަނީ އަތޮޅުތެރޭގެ ރައްތަކުންނެވެ.

ކޮވިޑް-19ގެ ބަލިމީހަކު ރާއްޖެއިން ފެނުނުތާ މިއަދަށް 211 ދުވަސްވެފައިވާއިރު ކޮންމެސް މިންވަރަކަށް ބަލި ފެތުރޭ މިންވަރު މިހާރުވަނީ ރާއްޖޭގައި ކޮންޓުރޯލް ކުރެވިފައެވެ.

އެޗްޕީއޭ އިން ވިދާޅުވީ ކޮވިޑް-19 އަށް ރާއްޖެއިން ދުވާލެއްގެ ތެރޭ ޕޮޒިޓިވުވާ މިންވަރު 100 އިން ދައްކުރެވުން ނަމަވެސް ރާއްޖޭގައި މިބަލި ފެތުރުން އަދި ކޮންޓުރޯލް ނުވާކަމަށެވެ. މިހެންކަމުން ބަލި ފެތުރުން ކޮންޓުރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރުން ވަރަށް މުހިންމު ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ