މިއަދު ކޮވިޑް-19 އިން ރަނގަޅުވެފައިވަނީ 54 މީހުން

ކޮވިޑް-19 އިން މިއަދު 54 މީހުން ރަނގަޅުވެފައިވާކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހާމަކުރަމުން ބުނީ، ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ކޮވިޑް-19 އިން ރަނގަޅުވެފައިވަނީ 54 މީހުން ކަމަށާއި މިއާއެކު ޖުމްލަ މިބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު 9،364 އަރައިފައިވާ ކަމަށެވެ.

ކޮވިޑް-19 އަށް މިއަދު ޖުމްލަ 1،583 ސާމްޕަލް ޓެސްޓު ކޮށްފައި ވެއެވެ. މީގެތެރެއިން މިބައްޔަށް ޕޮޒިޓިވުވެފައިވަނީ 65 މީހުންނެވެ.

އެކްޓިވް ކޭސަސްގެ ގޮތުގައި މިވަގުތު 1،125 މީހުންނަށް ފަރުވާ ކުރަމުން އަންނައިރު 67 މީހަކަށް ފަރުވާކުރަމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހަކު އެބަލިން ރަނގަޅުވިކަމަށް މިހާރު ބަލަނީ ބައްޔަށް ޕޮޒިޓިވުވާތާ 14 ދުވަސްފަހުން ބަލީގެ އަލާމާތެއް ނެއްނަމައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ