އެތެރެހަށީ މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު ބަޔަކު އަތުލައިގަނެފި

އެތެރެހަށީ މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު ފަސް މީހުން ކަސްޓަމްސްއިން އަތުލައި ގަނެފިއެވެ.

ކަސްޓަމްސްއިން މިކަން ހާމަކޮށް މިރޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ، މި ފަސް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ޕާކިސްތާނަށް ނިސްބަތްވާ ބަޔެއް ކަމަށާއި އަދި މި ހަތަރު މީހުންނަކީވެސް ފިރެހެނުން ކަމަށެވެ.

ޕާކިސްތާނަށް ނިސްބަތްވާ ހަތަރު މީހުން މިއަމަލު ހިނގައިފައިވަނީ ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހު ކަމަށާއި މި ހަތަރު މީހުންގެ ގައިން މަސްތުވާތަކެތި އަޅައިފައިހުރި 81 ބުލެޓް ފެނިފައިވާ ކަމަށްވެސް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.

އެތެރެހަށީ މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު ފަސްވަނަ މީހާގެ މައުލޫމާތު ހާމަކުރަމުން ކަސްޓަމްސް އިން ވިދާޅުވީ، ފަސްވަނަ މީހަކީ ކެންޔާ އަށް ނިސްބަތްވާ އަންހެނެއް ކަމަށެވެ. އަދި މީނާގެ ގައިން މަސްތުވާތަކެތި އަޅައިފައިހުރި 53 ބުލެޓް ފެނިފައިވާ ކަމަށެވެ.

މި ފަސްމީހުންނާއި މިމީހުންގެ އަތުން އަތުލެވުނު މަސްތުވާތަކެތި މިހާރުވަނީ އިތުރަށް ތަހުގީގު ކުރުމަށްޓަކައި ފުލުހުންނާއި ހަވާލު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ