"ފާސްޓް އެންޑް ފިއުރިއަސް 9"، ރިލީޒްކުރާ ތާރީހް އަނެއްކާވެސް ފަސްކޮށްފި!

ކާމިޔާބު ސިލްސިލާ ފިލްމް "ފާސްޓް އެންޑް ފިއުރިއަސް"ގެ 9 ވަނަ ބައި ރިލީޒްކުރާ ތާރީޙް އަނެއްކާވެސް ފަސްކޮށްފިއެވެ. އެގޮތުން މި ފިލްމް ދެން ރިލީޒްކުރާނީ އަންނަ އަހަރު މެއި މަހުގެ 28 ވަނަ ދުވަހުއެވެ.

މިއަހަރުގެ މެއި މަހުގެ 22 ގައި ރިލީޒްކުރުމަށް އިއުލާންކުރި މި ފިލްމް ލަސްކޮށްފައިވަނީ، ކޮވިޑް-19 ގެ ހާލަތާއި ގުޅިގެންނެވެ. އެގޮތުން އޭރު ފިލްމް ރިލީޒްކުރުމަށް ފަސްކޮށްފައިވަނީ، އަންނަ އަހަރުގެ އޭޕްރީލް މަހަށެވެ. ނަމަވެސް އަނެއްކާވެސް ފިލްމް ދެން ރިލީޒްކުރާނީ އަންނަ އަހަރުގެ މެއި 28 ގައެވެ.

މި ފިލްމް ފެށިގެން އައިރު، ފިލްމްގައި ހަރަކާތްތެރިވި ލީޑު ތަރި “ޕޯލް ވޯކަރ” ވަނީ ކާރު އެކްސިޑެންޓެއްގައި 2013 ވަނަ އަހަރު މަރުވެފައެވެ.އަދި މި ފްރެންޗައިޒްގެ 7 ވަނަ ބަޔަކީ ޕޯލް ވޯކަރ އެންމެ ފަހުން ފެނިގެންދިޔަ ފިލްމްވެ.

މި ފިލްމްގެ ޓްރެއިލާ މި އަހަރުގެ ކުރީކޮޅު ރިލީޒްކުރުމާއެކު ފޭނުން އަންނަނީ، މި ފިލްމަށް ވަރަށް ބޮޑަށް އިންތިޒާރުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ