އަދާރަން ރަންނާޅި ރިސޯޓް

ކަރަންޓުގައި ޖެހިގެން ރިސޯޓެއްގައި މީހަކު ނިޔާވެއްޖެ

ކަރަންޓުގައި ޖެހިގެން އަދާރަން ރަންނާޅި ރިސޯޓުން މީހަކު ނިޔާވެއްޖެ އެވެ.

އަދާރަން ރަންނާޅި ރިސޯޓުގައި މީހަކު ކަރަންޓުގައި ޖެހި، ނިޔާވެފައިވާ މައްސަލައެއް ރޭ 8:00 އެހާކަށްހާއިރު ފުލުހުންނަށް ހުށައެޅިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާގައި ނިޔާވެފައިވަނީ ސްރީލަންކާގެ ފިރިހެނެއް ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ އިއްޔެ އިރުއޮއްސި 6:30 އެހާކަށްހާއިރު ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެމީހާ ވަނީ ރޭ 7:30 އެހާއިރު މާފުށި ހެލްތު ސެންޓަރަށް ގެންގޮސްފައި ވާކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދެއްވާފައެވެ.

މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ