ކ. ހިންމަފުށީ އައްސޭރިގައި ހުންނަ އައްސޭރި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ހާއްސަ އެހީއަށް ބޭނުންވާ މީހަކު ނިޔާވެއްޖެއެވެ.
އައްސޭރި ޖަލުގައި ބަންދުކޮށްފައި ހުރި ގައިދީއަކު ނިޔާވިކަން ކަރެކްޝަންސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން ކަށަވަރު ކޮށްދެއްވާފައިވާއިރު، އެރަށުން ވާހަކަދެއްކި މީހަކު ބުނީ ނިޔާވި ގައިދީ ހިންމަފުށީ ޞިއްޙީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ.
ކަރެކްޝަންސް ސަރވިސް އިން ވިދާޅުވީ، ގައިދީ ނިޔާވީ މިއަދު ހަވީރު ފުޓްބޯޅަ ކުޅެެން ހުއްޓާ ކަމަށާއި، ނިޔާވުމާއެކު ފުލުހުންނާއި، އެޗއާރުސީއެމް އަދި އާއިލާއަށް ވަގުތުން މަޢުލޫމާތު ހިއްޞާކޮށްފައިވާ ކަމަށެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި، މިއަދު ކުއްލި ގޮތަކަށް އައްސޭރި ޖަލުގައި ނިޔާވެފައިވަނީ އުމުރުން 34 އަހަރުގެ ގަޒްލީ އަބްދުލްގަފޫރެވެ.