ގއ. ވިލިނގިއްޔަށް މިހާރުދިމާވެފައިވާ ކަރަންޓް މައްސަލަ ހައްލު ކުރުމަށް ދަނީ މަސައްކަތް ކުރަމުންދާކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ވިދާޅުވެއްޖެއެވެ.
ގއ. ވިލިގިއްޔަށް ދިމާވި މިކަރަންޓްގެ މައްސަލަ ކުރިމަތިވީ އެރަށަށް ކަރަންޓް ދެމުންދާ 800 ކިލޯ ވޯޓުގެ ޖަނެރޭޓަރަށް ކުއްލި ގޮތަކަށް ލިބުނު ގެއްލުމަކާއި ގުޅިގެންނެވެ. މިޖަނެރޭޓަރު މައްސަލަޖެހި ރަށުގެ ބޮޑުބަޔަކުންވަނީ ކަރަންޓް ގޮސްފައެވެ. އަދި މިކަމާ ވަރަށް ހިތާމަ ކުރާކަމަށާއި މިމައްސަލަ ޙައްލުކުރުމަށް ވީހާވެސް އަވަހަށް މަސައްކަތް ކުރާނެކަމަށް ފެނަކައިންވަނީ ވިދާޅުވެފައެވެ.
Ga.Villingiyyah karantu dhemun ai 800kW engine ah kulli gothakah libunu gellumegge sababun erashuge bodubaeh gai karantu nethumakee mikunfunin nihaayathah hithaama kuraa kamekeve.. 1/3@myfoona @MaaduMr @psmnewsmv @raajjemv @Mihaarunews @vaavu @cnm_mv
— Fenaka Corporation Ltd (@TeamFenaka) May 28, 2019
މިކަންހާމަކޮށް ފެނަކައިން މިއަދުކުރައްވާފައިވާ ޓްވީޓްގައި ވިލިނގިލީގެ ކަރަންޓް ޙާލަތު ރަނގަޅުކޮށް، މުޅި ރަށަށް ކަރަންޓް ދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާއި ވީހާވެސް އަވަހަށް އެއްމައްސަލަ ޙައްލު ކުރާނެކަމުގެ ޔަޤީންކަން ފެނަކައިން ދޭކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.
Mikan hallukoh mulhi rashah karantu dhinumah kuranjehey masakaiy kuramun dhaane kamuge yageenkan Villigileege lobuvethi rayyithunnah aruvameve.. 2/3@myfoona @MaaduMr @psmnewsmv @raajjemv @vaavu @cnm_mv @Mihaarunews
— Fenaka Corporation Ltd (@TeamFenaka) May 28, 2019
ހުރިހާ ރައްޔިތުންގެ ކިބައިންވެސް މަޢާފަށްއެދޭކަމަށާއި މައްސަލަ ޙައްލުކުރުމުގައި އެއްބާރުލުން ދިނުމަށްވެސް ފެނަކައިން އެދިފައިވެއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި މިއަދު ހަވީރު 5:15 އިން ފަށައިގެން އެރަށުން ވަނީ ކަރަންޓު ކެނޑިފައެވެ.
Mivaguthu thiya beyfulhunge arihun alhugandumen edhenee keiytheri ikamaa ekee kunfuyah ehbaarulun dhevvumeve.@myfoona @MaaduMr @psmnewsmv @vaavu @Mihaarunews @raajjemv @cnm_mv
— Fenaka Corporation Ltd (@TeamFenaka) May 28, 2019
މިހާރުހުރި ޖަނަރޭޓަރުތައް ބޭނުންކޮށްގެން އެރަށަށް ކަރަންޓް ފޯރުކޮށްދެމުން މިހާރުދަނީ އެކިފަހަރު އެކި ސަރަޙައްދަށެވެ. ނަމަވެސް މިގޮތަށް ކަރަންޓު ދޭތީ ކަރަންޓުން ބޭނުންކުރާ ތަކެއްޗަށް ގެއްލުން ލިބެމުންދާތީ ރައްޔިތުން ތިބީ މާޔޫސްވެފައެވެ.