ފުވައްމުލަކު ސިޓީގައި ހިނގި އެކްސިޑެންޓެއްގައި 65 އަހަރުގެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކާރަކާއި ސައިކަލެއް ޖެހިގެން މިއަދު ހަވީރު 17:17 ހާއިރު މި އެކްސިޑެންޓް ހިނގާފައިވަނީ ފުވައްމުލަކު މިސްކިތްމަގު ބިނާ ކައިރިން ކާރަކާ ސައިކަލެއް ޖެހިގެން ކަމަށެވެ.
ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓްގައި އަނިޔާވީ ސައިކަލް ފަހަތުގައި ހުރި އުމުރުން ދުވަސްވީ މީހާއަށް ކަމަށާއި، އޭނާއަށް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ.
ކާރަކާއި ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެފައިވާއިރު ފުލުހުން ވިދާޅުވީ، އެކްސިޑެންޓްވި ކާރާއި، ސައިކަލު ދުއްވަން އިން ދެމީހުންގެވެސް ލައިސަންސް ނެތް ކަމަށެވެ.



