ހުވަދޫ އަތޮޅު ގައްދޫގައި ތަރައްޤީ ކޮށްފައިވާ މަސްޖިދުލް އަމީން، ރައިސޫލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ހުޅުވައިދެއްވައިފިއެވެ.

ގައްދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްފައިވާ އެ މިސްކިތް ނައިބު ރައީސް ރަސްމީކޮށް ހުޅުވައިދެއްވީ މިއަދު ހަވީރު އެ މިސްކިތުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ގައްދޫ މަސްޖިދުލް އަމީނަކީ ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްފައިވާ، ޖާގަ ތަނަވަސް މިސްކިތެކެވެ. މި މިސްކިތް ފަރުމާ ކޮށްފައިވަނީ އަންހެނުންނަށްވެސް ނަމާދު ކުރެވޭ ގޮތަށްކަން ފާހަގަކޮށްލެވެއެވެ.
މަސްޖިދުލް އަމީންގެ އިތުރުން އެރަށުގައި ޤާއިމު ކޮށްފައިވާ ޤުރުއާނާބެހޭ މަރުކަޒުގެ ގައްދޫ ގޮފިވެސް ނައިބު ރައީސް ވަނީ ހުޅުވައިދެއްވާފައެވެ.